Advertisement

އެޖެންޑާ ނުހަދައި ހަވީރު 04:00 ގައި މަޖިލިސް ޖަލްސާއެއް ބާއްވަނީ

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް “މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން” ބިލު ތަޅުމުން ފާސްކުރަން ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.

ހަވީރު 04:00 ގައި ޖަލްސާއެއް ބާއްވާނެކަން މެންބަރުންނަށް އަންގާފައިވީ ނަމަވެސް މިހާތަނަށް ޖަލްސާގެ އެޖެންޑާ ފޮނުވާފައި ނުވެ އެވެ. މަޖިލިސް ވެބްސައިޓަށް ވެސް ނުވަދެވެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖަލްސާއެއް ބާއްވަން ތަވާލުކުރާ ވަގުތުގެ ހަ ގަޑިއިރު ކުރިން އެޖެންޑާ ފޮނުވަން ޖެހެ އެވެ.

މި ޖަލްސާގައި މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރާނެ އެވެ. އެ ބިލު ކޮމިޓީން ފާސްކުރި ރިޕޯޓު ވެސް ހާމައެއް ނުކުރެ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ އިދާރާއިން އިއުލާނުކުރީ އިއްޔެ އެވެ. އެއާއެކު ރެ އާއި މިއަދު ނޫސްވެރިން ދަނީ މީޑިއާތަކަށް މައުލޫމާތު ދޭން މަޖިލީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެޖެންޑާ އާއި ޖަލްސާ އޮންނަ ގަޑި ސާފުކުރުމަށް ސުވާލުކުރަމުންނެވެ.

ތަކުރާރުކޮށް ކުރި ސުވާލުތަކަށް މަޖިލީހުގެ މީޑިއާ ޓީމުން މިހާތަނަށް ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް، ބިލް ދިފާއުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރުންނެވެ.

ނޫސްވެރިންނާއި އާންމުން ކޮމިޓީ އަށް ނުވައްދައި މި ބިލް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް