ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ނައިބު ރައީސްއަކަށް އެ ކޮމިޝަނަށް އައްލަށް އައްޔަންކުރެއްވި މެންބަރު މުހައްމަދު ޝަފީގް މަހްމޫދު އައްޔަންކުރުމަށް ރުހުން ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ރައީސް މަޖިލީހަށް ހުށަހެޅުއްވި ސިޓީ ވަނީ ތަޅުމަށް އިއްވާފައެވެ. ސިޓީގައި ރައީސް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ އަށްވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެޗްއާރްސީއެމްއަށް ނައިބު ރައީސް އައްޔަންކުރުމަށްޓަކައި އެ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވާ މުހައްމަދު ޝަފީގް މަހްމޫދުގެ ނަން ހުށަހަޅުއްވާ ކަމަށެވެ.
އެ ނަމާ މެދު މަޖިލީހަށް ފެންނަ ގޮތަކަށް ފާސްކޮށްދެއްވުމަށް ރައީސްގެ ސިޓީގައި އެދިލައްވާފައިވެއެވެ.
މަޖިލީހުގެ ތަޅުމުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު