Advertisement

4،000 ފްލެޓު ދޫކުރުން: 588 މީހަކު ސެކިއުރިޓީ ޑިޕޮސިޓް ދައްކައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާތަނަށް 588 މީހަކު ދައްކާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓު ހަވާލުކުރަން ފެށުމަށް ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.

Advertisement

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް “މިހާރު” އަށް ވިދާޅުވީ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 588 މީހަކު ފްލެޓްގެ ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ކަމަށެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކިވަކިން ކުރިއަށް ގެންދާ އެ ދެ މަޝްރޫއުގައި ހިމެނެނީ ދެ ކޮޓަރީގެ ފްލެޓާއި ތިން ކޮޓަރީގެ ފްލެޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000ރ. އަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000ރ. އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން ހަމަޖައްސާފައިވަނީ 15،000ރ. އެވެ.

ތިން ކޮޓަރީގެ ތަންތަން ދޫކުރަން ނިންމާފައިވަނީ 9،500ރ. އަށެވެ. އެއީ މެއިންޓެނަންސް ފީގެ ގޮތުގައި 1،500ރ. އަދި ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. އެވެ.

ސަރުކާރުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރަމުން އަންނަނީ، ފްލެޓްތައް ނިމިފައިވާ ތަރުތީބުންނެވެ. އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މިހާތަނަށް ގާތްގަަނޑަކަށް 3،000 މީހުންނާ އެކު ވަނީ ސޮއިކޮށް ނިމިފައެވެ.

ފްލެޓް އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާ މީހުންނަށް އެފްޑީސީން ފޮނުވަމުންދާ މެސެޖުގައި ވަނީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޔުނިޓް ހަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެފްޑީސީގެ ޕޯޓަލުން މިހާރު ދެއްކޭނެ ކަމަށެވެ.

ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެވެ. ފްލެޓް ލިބޭ މީހުންގެ ޔުނިޓް ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދަނީ ޕޯޓަލް މެދުވެރިކޮށެވެ.

ހަމްދާން ވިދާޅުވި ގޮތުގައި ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމަށް މިހާތަނަށް ތާވަލް ކޮށްފައި ވަނީ އެންމެ މީހަކާ އެކުއެވެ.

ތަޅުދަނޑިއާ ހަވާލުވުމަށް ދާން ގަޑިއެއް ތާވަލުކޮށް އެސްއެމްއެސްއަކުން އަންގާނެ ކަމަށާއި އެ ޕްރޮސެސް ހިނގާ ގޮތް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ވެސް އެފްޑީސީން ބުނެފައިވެއެވެ.

އެ ސްކީމުގެ ދަށުން އިމާރާތް ކޮށްފައިވާ 17-18 ބުރީގެ 32 ޓަވަރުގައި 4،000 ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި