Advertisement

މިދިޔަ މަހު މާލޭން ވަގަށް ނެގި 90 ސައިކަލާއި 19 ފޯނެއް ފުލުހުން ހޯދި

މިދިޔަ މަހުގެ ތެރޭގައި މާލޭ ސަރަހައްދުން ވަގަށް ނެގި ނުވަތަ ގެއްލުނު 90 ސައިކަލަކާއި 19 ފޯނެއް އޭގެ ވެރިފަރާތަށް ހޯދައިދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ މާލޭ ސަރަހައްދުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފަ އެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މާލެ ޕޮލިސް ކޮމާންޑްގެ ޑިޕާޓްމެންޓްތަކުން ކުރި މަސައްކަތްތަކުގެ ތެރެއިން 90 ސައިކަލަކާއި 19 ފޯނު ވަނީ ހޯދައިދީފަ އެވެ.

Advertisement

އަދި ބައެއް އިލެކްޓްރޯނިކްސް ސަމާނާއި 328،350ރ. ވެސް ފުލުހުން ހޯދާފައިވެ އެވެ. އެހެނިހެން ތަކެތީގެ ގޮތުގައި ޖުމްލަ 80،848ރ. ގެ ތަކެތި ހޯދައިދީފައިވެ އެވެ.

މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 5581 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާއިރު، އޭގެ ތެރެއިން 5373 މީހުންނަކީ ކުށުގެ ރިކޯޑް އޮތް މީހުން ކަަމަށް ފުލުހުން ބުންޏެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރަން އަވައްޓެރި ފުލުހުން ކޮށްފައިވާ މަސައްކަތަށް ބަލާއިރު، 900 ކޮމިއުނިޓީ އިންޓަރެކްޝަން ދީފައިވެ އެވެ. އަދި 102 މައްސަލައެއް ހައްލުކުރަން މަސައްކަތްކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ