11 months ago
ކ. މާފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "މާފުށި ކައުންސިލް ކަޕް 2023" ފަށައިފިއެވެ.
ޖުމުލަ 12 ޓީމާއި އެކު މިއަދު ފެށި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަނުގައި ޓީމު ތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އަންހެން ޑިވިޝަންގައި ހަ ޓީމުން ބައިވެރިވެފައި ވާއިރު ފިރިހެން ޑިވިޝަންގައި އަށް ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މާފުށި ކައުންސިލާއި ބިއަންސޯ އެސްސީ ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 40،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކިޓް އެންޑް އެކްސެސަރީސް ސްޕޮންސަރ ކޮށްފައި ވަނީ އޮބިއަންއިންނެވެ. ސަފިއާ ކެފޭއިން ފުޑް އެންޑް ބެވަރޭޖް ސްޕޮންސަރ ކޮށްފައިވާއިރު، އެކޮމޮޑޭޝަން ޕާޓްނަރ އަކީ އަލޯޑާއެވެ. ޓްރެވަލް ޕާޓްނަރ އަކީ އެސްކޭޕްއެވެ. އަދި ސައުންޑް ޕާޓްނަރ އަކަށް މާފުށި ބޮޑުބެރު ޓީމު އޮތް އިރު، ގުޑްވިލް ޕާޓްނާއަކީ އެރީނާ ހޮޓެލްސްއެވެ.