ދިހަ ބާވާތެއްގެ މޭވާ އާއި ދިހަ ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރަައްވަައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ގާއިމުކުރުމަށް މެނިފެސްޓޯގައި އަޅުގަނޑު ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ،ހަކުރު،ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުން މިފަދަ ނިންމެވުމެއް ނިންމިއިރު، ތަރުކާރީ އާއި މޭވާގެ ބާވަތްތައް ދޭތެރެ ދޭތެރެއިން އަގުބޮޑުވާ މައްސަލަ ވަރަށް ބޮޑެވެ. މިގޮތުން ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުލިބޭ ނަމަ އަބަދުވެސް ރާއްޖޭގައި ތަކެތީގެ އަގު ވަރަށް ބޮޑަށް މައްޗަށްދާ ފަހަރު އާދެއެވެ. ހާއްސަކޮށް އެެއްޗެއް ހުސްވާން ކައިރިވުމުން، ނޫނީ ނުލިބޭހެން ހީވުމުން އަތްނުފޯރާ ފަށަށް ތަކެތީގެ އަގުތައް ޖައްސާލައެވެ. އެކަމަކު ތަކެތި ލިބުމާއެކު އަގު ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ.
އަސާސީ ކާބޯތަކެތީގެ އަގު މައްޗަށް ދިޔުން ހުއްޓުވުމަށް އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ފިޔާ، ބިސް އަލުވި، ކާށި، ކަދުރު، ތަރުކާރީ އަދި މޭވާގެ ތެރޭގައި ހިމެނޭ ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ ފަދަ ތަކެތި އެސްޓީއޯއިން އަންނަނީ ރާއްޖެ އެތެރެކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު