Advertisement

މުޅިން އާ ފީޗާތަކާއެކު އެޕަލް ވޮޗް ސީރީސް 11 ނެރެފި

މި ވޮޗް ލޯންޗުކުރީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އިވެންޓް ފެއްޓެވީ އެޕަލްގެ ސީއީއޯ ޓިމް ކުކްއެވެ.

އެޕަލް ވޮޗް ސީރީސް 11 އަކީ، ކުރީގެ މޮޑެލްތަކާ އެއްގޮތް ފެނުމަކަށް ހުރިނަމަވެސް، މިހާތަނަށް އުފެއްދި އެންމެ ތުނި އެޕަލް ވޮޗެވެ. މީގައި 5ޖީ ސެލިއުލާ ކަނެކްޓިވިޓީއާއި ވަރުގަދަ ބިއްލޫރި ފަދަ އައު ފީޗާތައް ހިމެނެއެވެ. ސީރީސް 11 އަކީ 5ޖީ ކަނެކްޓިވިޓީ ހިމެނޭ ފުރަތަމަ އެޕަލް ވޮޗެވެ.

Advertisement

މީގައި ހިމެނޭ މޮޑެމާއި އެންޓެނާއިން ބެޓެރީ ބޭނުންވާ މިންވަރު މަދުކޮށް، ކަވަރޭޖް ރަނގަޅުކޮށްދޭނެއެވެ. އެއާޕޮޑްސް ޕްރޯ 3 އެކޭ އެއްފަދައިން، މި ވޮޗުގައިވެސް ލައިވް ތަރުޖަމާގެ ގާބިލުކަން ހުންނާނެއެވެ. އަދި މިއީ ހައިޕަޓެންޝަން ނުވަތަ ލޭގެ ޕްރެޝަރު މަތިވުން ފަދަ ނުރައްކާތެރި ސިއްހީ ހާލަތުތައް މޮނިޓާކުރުމުގެ ޤާބިލުކަން ލިބިފައިވާ ފުރަތަމަ އެޕަލް ވޮޗެވެ.

މި ފީޗާ ބޭނުންކުރަނީ ސީރީސް 11 ގެ އޮޕްޓިކަލް ހާޓް ރޭޓް ސެންސަރެވެ. ނަމަވެސް މިއީ އެދުމުން މައުލޫމާތު ދޭ ސިސްޓަމެއް ނޫނެވެ. މިއީ 30 ދުވަހުގެ މުއްދަތެއްގައި އެއްކުރެވޭ މައުލޫމާތު ބޭނުންކޮށް، އައު އެލްގޮރިދަމެއްގެ ޒަރީޔާއިން، ލޭގެ ޕްރެޝަރު މަތިވެދާނެކަމުގެ ނިޝާންތައް ފާހަގަކުރާ ނިޒާމެކެވެ. އައު ސްލީޕް ސްކޯ ފީޗާއިން ނިދާފައި ހުރި ވަގުތާއި ނިދީގެ މަރުހަލާތައް ފަދަ މިންގަނޑުތައް ބޭނުންކޮށް، ރޭގަނޑު ލިބުނު ނިދީގެ ފެންވަރު ދެނެގަތުމަށް އެހީތެރިވެދެއެވެ.

އެޕަލްއިން ބުނާގޮތުގައި، ސީރީސް 11 ގެ ބެޓެރީ “24 ގަޑިއިރާ ހަމައަށް” ދެމިހުންނާނެއެވެ. އަދި މިއީ ރީސައިކަލްކޮށްފައިވާ އެލުމިނިއަމް އަދި ޕޮލިޝްކޮށްފައިވާ ޓައިޓޭނިއަމް ފިނިޝްގައި ލިބެން ހުންނާނެއެވެ. މީގައި އައިއަން-އެކްސް ބިއްލޫރިވެސް ހިމެނެއެވެ.

 

މި ބިއްލޫރީގައި އެޓޮމިކް ލެވެލްގައި ބަންޑުކޮށްފައިވާ ސެރަމިކް ކޯޓިންއެއް ހިމެނޭތީ، ކުރީގެ ބިއްލޫރިއާ އަޅާބަލާއިރު ދެގުނައަށް ސްކްރެޗް ނުވާނެއެވެ. ނަމަވެސް ސެފަޔާ ވޮޗް ކްރިސްޓަރިސްޓަލްތަކާ އަޅާބަލާއިރު މިއީ ކިހާ ވަރުގަދަ އެއްޗެއްކަން ސާފެއް ނުވެއެވެ. އެޕަލް ވޮޗް ސީރީސް 11 ގެ އަގު ފެށެނީ 42 މިލިމީޓަރުގެ ޖީޕީއެސް-އޮންލީ ވާޝަނަށް 399 ޑޮލަރުންނެވެ. އަދި މިއަދުން ފެށިގެން ޕްރޯއޯޑަރު ކުރެވޭނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް