Advertisement

4000 ފްލެޓް: މާދަމާ އިން ފެށިގެން ފްލެޓްތައް ހަވާލު ކުރަން ފަށަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްތަކުގެ ޔުނިޓްތައް ހަވާލު ކުރުމުގެ މަސައްކަތް މާދަމާ އެފްޑީސީ ފަހި ޕޯޓަލް މެެދުވެރިކޮށް ފަށާނެ ކަން މިރޭ އިއުލާން ކޮށްފިއެވެ.

އެފްޑީސީން ވިދާޅުވީ ޕޯޓަލް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ތަޅުދަނޑި ހަވާލު ކުރުމަށް ތާވަލު ކުރެވެމުންދާނެ ކަމަށެވެ.

Advertisement

އެފްޑީސީން ވިދާޅުވީ އެންމެ ފުރަތަމަ ހަވާލު ކުރުމަަށް ހަމަޖެހިފައިވަނީ އަމާން އުދަރެސްގެ 14 ޓަވަރުގެ ޔުނިޓްތައް ކަމަށެވެ. އަދި އެ ފްލެޓްތަކުގައި ފެނާއި ކަރަންޓާއި އަދި ނަރުދަމާ ފުރިހަމަވެފައި ހުންނާނެ ކަމަށެވެ.

އެފްޑީސީން ވިދާޅުވެފައިވާގޮތުގައި ފްލެޓް ލިބުނު މީހުންގެ ތެރެއިން 3،000 އަށްވުރެ ގިނަ މީހުންގެ ފްލެޓް އެއްބަސްވުމުގަައި ވަނީ ސޮއިކުރެވިފައެވެ. އަދި މި ފްލެޓްތައް ލިބުނު މީހުންނަށް ފްލެޓް ހަވާލު ކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

މި ޓަވަރުތަކުގެ މަސައްކަތް ނިމިފައިވާއިރު، ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ. 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ.

ސަރުކާރުން ވަނީ ގަވާއިދުން މި ފްލެޓްތަކަށް ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި