11 months ago
2024ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން ގެ ޕްރައިމަރީގައި ވާދަކުރަން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ނިންމައިފިއެވެ.
މުހައްމަދު އިސްމާއިލް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް/ޕީއެންސީގެ ގިނަ ކަންތައްތަކުގައި އިސްވެ ހުންނަވާ، މީގެކުރިން ވެސް މަޖިލީހުގެ ހޯރަފުށީ ދާއިރާ ތަމްސީލުކޮށް އެދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވާފައިވާ ބޭފުޅެކެވެ.