ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނޭޕާލުގެ ވެރިރަށް، ކަތަމަންޑޫގައި މުޒާހަރާތައް ފެށުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަނެވެ. އަދި ފޭސްބުކް، ޔޫޓިއުބް އަދި އެކްސް (ކުރީގެ ޓްވިޓާ) ފަދަ އެޕްލިކޭޝަންތަކަށް އެގައުމުގައި ވަނުން މިދިޔަ ހުކުރު ދުވަހުން ފެށިގެން މަނާކުރުމުން މައްސަލަ މާބޮޑަށް ހޫނުވިއެވެ.
އެގައުމުގައި މުޒާހަރާ ކުރުމާއެކު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުން ކޮށްފައެވެ. އެގޮތުން ފެންބަޑި ފަދަ ތަކެތި ބޭނުން ކޮށްގެން މުޒާހަރާ ހުއްޓުވުމަށް މަސައްކަތް ކޮށްފައިވާއިރު، މުޒާހަރާގެ ތެރެއިން ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 19 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މި މުޒާހަރާތަކުގައި ކަތުމަންޑޫގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިން ޕާލަމެންޓް އިމާރާތަށް ވަދެ ފުލުހުންނާ ކުރިމަތިލާފައި ވެއެވެ.
މި މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރު އިސްތިއުފާ ދެއްވާފައިވާއިރު، ބޮޑުވަޒީރު އޮލީ މަގާމުން އިސްތިއުފާ ދެއްވިކަން އަންގާ ރައީސަށް މިހާރު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އަދި އިސްތިއުފާ ދެއްވީ ސިޔާސީ ހައްލެއް ހޯދުމަށާއި، މިހާރު ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް ވިދާޅުވެފައި ވެއެވެ.
އިތުރު ތަފްސީލް އަންނަނީ..


ކިޔުންތެރިންގެ ހިޔާލު