Advertisement

ރައްޔިތުން އެދުމުން ދޮންފަނު ބިން ނުހިއްކާ ގޮތަށް ރައީސް ނިންމަވައިފި

ރައްޔިތުން އެދުމުން ދޮންފަނު ބިން ނުހިއްކާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ދޮންފަނު ބިންހިއްކަން ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުއިއްޒު ބ. ދޮންފަނު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށަށް އޮގަސްޓް 13 ވަނަ ދުވަހު ކުރި ޒިޔާރަތުގައެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލު ކުރީ އެމްޓީސީސީއާއެވެ.

Advertisement

މި މަޝްރޫއުގެ ދަށުން އެރަށޫ 13.59 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައި އޮތެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ރަށްރަށުގައި ކުރާނެ ކަންކަމާބެހޭ ވައުދު ވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުން ނުވާ ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“މައީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، ރައްޔިތުން އެދޭ އަމާޒަށް މަސައްކަތް ކުރާ ސަރުކާރެއް،”. ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ‏ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުންގެ އެދުމުގެ މަތީން ހިންގަން ވައުދުވި މަޝްރޫއެއް ކަަމަށެވެ. އަދި އެ ވައުދު ފުއްދުމަށް އެގްރީމެންޓްގައި ސޮއި ކުރި ކަމަށްވެސް ވިދާޅުވިއެވެ.

“ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން. އަދި ރަސްމީކޮށް ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ވާހަކަ ދަންނަވަން.”. ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، މި މަޝްރޫއު ހުއްޓުވުމުގެ ޕެޓިޝަންގައި 3000 އަށްވުރެ ގިނަ މީހުން ސޮއިވެސް ކޮށްފައި ވެއެވެ.

ދޮންފަނަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ 2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުންވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ރަށެކެވެ. ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް އޮންނަނީ ހިމާޔަތްކޮށްފައެވެ. އެ ސަރަހައްދުގެ ފަރުތަކަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ފީނުން މަނައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް