Advertisement

އައިޖީއެމްއެޗް އައިނު ފިހާރަ: މިހާތަނަށް 1899 ފަރާތަކަށް އައިނު ހައްދައިދީފި

އައިޖީއެމްއެޗް އައިނު ފިހާރައިން މިހާތަނަށް 1899 ފަރާތަކަށް އައިނު ހައްދައިދީފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވެފައި ވަނީ 2025 ޖުލައި 28 ވަނަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ނިޔަލަށް 2994 ފަރާތަކުން އެ ފިހާރައިން ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި މިހާތަނަށް 1899 ފަރާތަކަށް އައިނު ހައްދައިދީފައިވާ ކަމަށް ވެސް އައިޖީއެމްއެޗް އިން ވަނީ ވިދާޅުވެފައެވެ.

Advertisement

ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގަަި ނަމްބަރު އައިނު ހައްދަން އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާއެކު، އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމީ އެތައް ރައްޔިތުންގެ އެދުމުގެ މަތިންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް މިހާރު އެންމެ މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދޭ ނިކަމެތިކަން މި ގައުމުން ފިލުވާލުން ކަމަށެވެ.

ޖުމްލަ ގޮތެއްގައި ސިއްހީ ދާއިރާ ތަރައްގީކުރުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު ދެވަނަ ސިޔާސަތު ކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. އޭގެ ފަހުގައި ބޯހިޔާވަހިކަން، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

“ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ގުޅިލާމެހިފައި އޮތް ކޮމަން ކަމެއް،” ރައީސް ވިދާޅުވިއެވެ.

ވަށައި ޖެހޭ ގޮތެއްގައި ސިއްހީ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަތަރު ބިލިއަން ރުފިޔާގެ ސިއްހީ މަޝްރޫއުތައް ކުރިއަށް ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް