Advertisement

ފަތުރުވެރިކަމަށް އާ ރެކޯޑެއް: 1.5 މިލިއަން ހުރަސްކޮށްފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން މި އަހަރުވެސް ކުރިއެރުން ހޯދާ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.5 މިލިއަނުން މައްޗަށް ގޮއްސިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 1,520,699 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 9.7 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ރާއްޖެއަށް އައީ 1,386,554 ފަތުރުވެރިންނެވެ. ދުވާލަކު އެވްރެޖްކޮށް 6,000 ފަތުރުވެރިން ރާއްޖެއަށް އަންނައިރު، ޖުމްލަ 64,138 އެނދު މިހާރުވެސް ފަތުރުވެރިންގެ ބޭނުމަށް ދަނީ ބޭނުންކުރަމުންނެވެ.

Advertisement

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ދެވަނައަށް ރަޝިއާއިން އަދި ތިންވަނައަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 67 އިންސައްތަ މީހުން މަޑުކޮށްފައި ވަނީ ރިސޯޓުތަކުގައެވެ. މީގެ އިތުރުން 24 އިންސައްތަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކުރި އިރު، ސަފާރީތަކަށް 5 އިންސައްތަ މީހުން ގޮސްފައިވެއެވެ. އަދި ހޮޓާތަކަށް ގޮސްފައި ވަނީ ރާއްޖެ އައި ފަތުރުވެރިންގެ 4 އިންސައްތައެވެ.

މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއަހަަރަށް ސަރުކާރުން އަމާޒު ހިފާފައި ވަނީ 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް