Advertisement

ބައްސާމްއަށް ކުރާ ދައުވާ: ހެކިބަސް ނެގުމުގެ މަރުޙަލާ ނިންމާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މި އަޑުއެހުމުގައި ހާޒިރުވި ހެކިވެރިޔާއަކީ އެފްއޭއެމްގެ އެކްސްކޯ މެންބަރު އަހުމަދު ޝަކީބް އެވެ. އޭނާ ވަނީ ބައްސާމަށް މަހުން މަހަށް ދެވޭ އެލަވަންސެއް ދިނުމަށް އެފްއޭއެމްގެ ކޮމިޓީން ނިންމާފައިވާ ނިންމުމަކާ ގުޅޭގޮތުން ހެކިބަސް ދެއްވާފައެވެ.

Advertisement

އެ އެލަވަންސް ނެގުމުގެ އިހުތިޔާރު އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނަށްވެސް އޮންނާނެކަމަށާއި، ބައެއް ފަހަރު ގަނޑުކޮށްވެސް ބައެއް މެމްބަރުން އެލަވަންސް ނަގާކަމަށް މީގެ ކުރިން ހާޒިރުވި ހެކިވެރިންވެސް ފާހަގަކޮށްފައިވެއެވެ. ހެކިވެރިން ކިޔާދިން ގޮތުގައި އެލަވަންސްދޭއިރު ޑޮލަރުން އަދި ދިވެހި ރުފިޔާއިންވެސް ދެއެވެ.

މިހާރު މި މައްސަލައިގެ ހެކިބަސް ނެގުން ނިމިފައިވާއިރު، މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ، މި މައްސަލައިގެ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މި މަހު 23ގައި އަޑުއެހުމެއް އޮންނާނެ ކަމަށެވެ. އަދި އެއަށްފަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބާއްވަވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އެ އަޑުއެހުން ކުރިއަށްދާނީ މި މަހު 29 ގައެވެ.
މައްސަލައިގެ ފަސްފަހަތް:

މި މައްސަލައިގައި ކުރިން ތަޙުޤީޤު ކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ފަހުން އައު ދައުވާތަކެއް އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ.

ޕީޖީން ހުށަހެޅި އައު ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ އުފުލާފައިވަނީ ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

އޭނާގެ މައްޗަށް ދެން ހުށަހަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.

މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރަށްވެހިންނަށް ކުރާ އަނިޔާ ރިޕޯޓް ކުރާ މިންވަރު ކަންބޮޑުވާވަރަށް ގިނަ: އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ

ޞާދިޤު މެންބަރު ކަމުގެ ހުވާ ކުރައްވައިފި

ފަތުރުވެރިން އައި އަދަދު މިލިއަނަކާ ގާތަށް

އަންނަ ދިރާސީ އަހަރަށް އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ހުޅުވަނީ