Advertisement

ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެމީހަކު ހައްޔަރުކޮށްފި

ފޭސްބުކް މެސެންޖަރ މެދުވެރިކޮށް މީހެއްގެ އޮރިޔާން ވީޑީއޯ ހުރިކަމަށް ބުނެ، އެމީހާގާތަށް ގޮސް ވަޅިން ބިރުދައްކައި ފައިސާ ފޭރުމާއި، އޮރިޔާން ވީޑިއޯ ހެދުމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ލ. ގަން / ތުނޑި. އަރާއިރު، ޢަލީ ހައިސަލް (37އ) ކަމަށެވެ.

Advertisement

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ތުހުމަތުކުރެވޭ މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 1 ގައި ހިންގި އޮޕަރޭޝަނެއްގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓަކުން ކަމަށާއި، އަދި އެޕާޓްމަންޓު ބަލައިފާސްކުރިއިރު، އެކި މީހުންގެ އަތުން ފޭރިފައިވާކަމަށް ބެލެވޭ ތަކެއްޗާއި، 6 ވަޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ހައިސަލް 4 ދުވަހަށް އަދި މުޙައްމަދު ޟަމީރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަތައް ފުލުހުން އިތުރަށް ތަޙްގީގުކުރަމުން ދާއިރު، މި މައްސަލައާ ގުޅިގެން މި ދެމީހުންނާ ދެކޮޅަށް އިތުރު ދެ މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށާއި، މިފަދަ ކަމެއް ދިމާވެފައިވާ ފަރާތްތަކުން އެކަން ރިޕޯޓުކުރުމަށް ފުލުހުން ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް