Advertisement

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓް ލިބޭ މީހުން ހޮވުމަށް، އެ މަޝްރޫއުއަށް ހައުސިން ސްކީމެއް ކަނޑައަޅާ “ހިޔާވެހި” ޕޯޓަލްގެ ތެރެއިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ، މިއަދުގެ ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް ރޯހައުސް ހޯދުމަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.

Advertisement

ރޯހައުސްއަށް އެދި ހުށަހަޅާނީ، މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓީގައި އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް އެދި އިއުލާނުކުރީ ޖެނުއަރީ 28، 2025 ގައެވެ. ނަމަވެސް، އެ އިއުލާނަކީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ އިއުލާނު ބާތިލު ކުރަން ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގީ ފެބްރުއަރީ 1، 2025ގައެވެ.

ތިނަދޫގައި 200 ރޯހައުސް އެޅުމުގެ މަޝްރޫއު ފެށީ 2022 ވަނަ އަހަރުއެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ. 700 އަކަފޫޓުގެ ޖާގައިގެ މި ރޯހައުސްތަކަކީ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ.

ތިނަދޫގައި 200 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަމުގައި އެ ރަށު ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީގެ އެންގުމާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެ، އެ ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން ސީދާ އެ މިނިސްޓްރީން ކުރަން ނިންމިކަން ހާމަކުރީ އޭޕްރިލް މަހުއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތްކުރަމުންދާ 200 ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެއް މަޝްރޫއެއް ކަމަށެވެ. ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހައުސިން ޔުނިޓްތައް ދޫކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަނީ މީގެކުރިންވެސް މި މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ލިބިގެންކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި