Advertisement

ސްޕީޗް ތެރަޕީގެ ހިދުމަތް ހއ.އަތޮޅު ހޮސްޕިޓަލުގައި ފަށައިފި

ހއ.އަތޮޅު ހޮސްޕިޓަލުގައި ސްޕީޗު ތެރަޕީގެ ހިދުމަތް ފަށައިފި އެވެ. މިއީ ވާހަކަދެއްކުމުގައި ދަތިތައް ދިމާވާ ކުދިންނާއި މީހުންނަށް ދޭ ތެރަޕީއެކެވެ.

ސްޕީޗް ތެރަޕީގެ ހިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ގާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގަ އެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގަ އެވެ. ނަމަވެސް ހއ.ދިއްދޫގައި ސްޕީޗް ތެރަޕީގެ ހިދުމަތް ފެށުމާއެކު، މި ހިދުމަތްވެގެންދަނީ އަތޮޅު ހޮސްޕިޓަލެއްގައި ސްޕީޗް ތެރަޕީގެ ހިދުމަތް ފެށި ފުރަތަމަ ހޮސްޕިޓަލަށެވެ.

Advertisement

ހއ.އަތޮޅު ހޮސްޕިޓަލުން ބުނީ މި ހިދުމަތަކީ ސަރުކާރުން އެ ހޮސްޕިޓަލްގައި ފެށި ހިދުމަތެއްކަމަށާއި، ހޮސްޕިޓަލަށް ތެރަޕިސްޓެއް ހޯދުމުގައި ހއ.ދިއްދޫ ދިއްގާ ފައުންޑޭޝަންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ.

ދިއްދޫގައި ފެށި ހިދުމަތާއެކު، ސްޕީޗް ތެރަޕީގެ ހިދުމަތް ހޯދުމުގައި ދަތިތައް ހުރި ފަރާތްތަކުގެތެރެއިން މާލެއާއި ދުރު ހޮސްޕިޓަލްތަކަށް ދާންޖެހޭތީ ހިދުމަތް ނުހޯދި ތިބި ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހއ އަތޮޅު ހޮސްޕިޓަލުން ވަނީ މި ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ގޮތުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް ހުޅުވާލާފައެވެ.

މި އަހަރުގެ ތެރޭގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސައިކޮލޮޖީގެ ހިދުމަތްތައް ވެސް އިތުރަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް