Advertisement

މިދިޔަ މަހު ވީއައިއޭއިން ކާގޯ ބޭރުކުރީ ރެކޯޑް އަދަދަކަށް، 1934 ޓަނު!

މިިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާގޯ ބޭރުކުރީ ރެކޯޑް އަދަދަކަށް ކަމަށް އެ އެއާޕޯޓުން ވިދާޅުވެއްޖެއެވެ.

ވެލާނާ އެއާޕޯޓުން ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ނިމިދިޔަ އޮގަސްޓް މަހުގެ ޓްރާންސްޝިޕްމެންޓްގެ ގޮތުން 1934 ޓަނުގެ ކާގޯ ބޭރުކޮށްފައިވާ ކަމަށެވެ. މިއީ މި އަހަރުގެ މިހާތަނަށް މަހެއްގެ ތެރޭގައި އެންމެ ގިނައިން ކާގޯ ބޭރުކުރެވުނު އަދަދު ކަމަށް ވީއައިއޭއިން ވިދާޅުވެފައިވެއެވެ.

Advertisement

މިއަހަރުގެ ފުރަތަމަ ހަ މަހަށް ބަލާއިރު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވީއައިއޭއިން ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 6،879 ޓަނުގެ ކާގޯ އުފުލާފައިވެއެވެ. އެއާ ޓު އެއާގެ ގޮތުގައި 5،621 ޓަނުގެ ކާގޯ އުފުލާފައިވާއިރު ސީ ޓު އެއާގެ ގޮތުގައި 1،258 ޓަނުގެ ކާގޯ އުފުލާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވީއައިއޭގެ ކާގޯ ހިދުމަތް ފުޅާކުރުމަށް އެމްއޭސީއެލްއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޝެޑިއުލްކޮށްގެން މުދާ އުފުލާ އެއާލައިންތަކާއެކު އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދަތުރުތަކުގެ އަދަދު އިތުރުކޮށް އިތުރު ރޫޓުތައް ތައާރަފްކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ވެލާނާ އެއާޕޯޓުން ފޯރުކޮށްދޭ ކާގޯގެ ހިދުމަތްތައް ފުޅާކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ތަސައްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް