މާލެ ސިޓީ ގެ މޭޔަރ ކަމަށް އެންމެ ޤާބިލް ބޭފުޅަކީ ޑރ. ޢާޒިމާ ޝަކޫރު: ޔައިޝް

11 months ago

އަޙްމަދް އަޙްނަފް

މާލެ ސިޓީ ގެ މޭޔަރ ކަމަށް އެންމެ ޤާބިލް ބޭފުޅަކީ ޢާޒިމާ ޝަކޫރު ކަމަށް ޓްރަންސްޕޯޓް މިނިސްޓްރީގެ ސިނިއަރ ޕޮލިޓިކަލް ޑިރެކްޓަރ  މުހައްމަދް ޔައިޝް ވިދާޅުވެއްޖެއެވެ.

ޔައިޝް މިހެން ވިދާޅުވީ އެބޭފުޅާގެ އެކްސް (ޓްވިޓަރ) އެކައުންޓް އިން ކުރެއްވި ޓްވީޓްއެއްގައެވެ.



ޢާޒިމާ ޝަކޫރަކީ ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ނޫނަސް ސަރުކާރުގެ އެތަކެއް މަޤާމުތަކެއް ފުރުއްވަވާފައިވާ ބޭފުޅެކެވެ.

13 ޖަނަވަރީ 2024 ގައި އޮންނަ މާލޭ ސިޓީ ކައުންސިލް ގެ ބައި އިލެކްޝަންއަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ނިކުންނަވާ ޑރ. ޢާޒިމާ ޝަކޫރަށް އަންނަނީ ޔައިޝް ފަދަ އެތަކެއް ޒުވާނުންނެއް ތާއީދު ކުރާކަން އިޢުލާންކޮއް ކެމްޕެއިން ގައި އަމަލީ ގޮތުން ބައިވެރި ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު