Advertisement

ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދު

އެކަހެރިކޮށް އޮންނަ ފުވައްމުލައް ސިޓީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސްގެން، ވަގުތީ ގޮތުން ބަންދުކުރުމުން ދަތުރުތަކަށް ބުރޫއަރައިފިއެވެ.

އައްޑުއާއި ހުވަދުއާ ދެމެދުގައި ވަރަށް އެކަހެރިކޮށް, މުޅިން ވަކި އަތޮޅެއް ގޮތަށް އޮންނަ ފުވައްމުލަކަށް ދަތުރުކުރަނީ މޯލްޑިވިއަނުން އެކަންޏެވެ.

Advertisement

އެ އެއާލައިނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ފުވައްމުލައް އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމުގެ ސަބަބުން ދަތުރުތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. މޯލްޑިވިއަންއިން ބުނީ، އޭގެ ސަބަބުން އަސަރު ކުރާނެ ފަސިންޖަރުންނަށް ގުޅާ، އެހީތެރިކަމާއި އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލަކު އެއާޕޯޓު ބަންދުކުރަން ޖެހުނީ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.

މޯލްޑިވިއަންއިން ވަނީ ފުވައްމުލައް އެއާޕޯޓު ބަންދުވުމުން ފަސިންޖަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ. އެހީތެރިކަމަކަށް ބޭނުންވެއްޖެ ނަމަ މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އެދިފައެވެ.

މި މައްސަލަ ހައްލުކޮށް، އެއާޕޯޓު ބޭނުންކުރަން ފެށޭނެ އިރެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުވައްމުލަކަކީ ލޯކަލް ޓޫރިޒަމް ވެސް ކުރިއަރަމުން އަންނަ ރަށެކެވެ. އެ ގޮތުން، ޑައިވްކުރަން ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި އެ ރަށް ވަރަށް މަގުބޫލެވެ.

ދަތުރުފަތުރު އަގު ބޮޑުވުމަކީ އެ ރަށުގައި ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތަކުގެ ވެސް ކަންބޮޑުވުމެކެވެ.

ވަގުތީ ގޮތުން އެއާޕޯޓު ބަންދުކުރަން ޖެހުމުން އެ ކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި