Advertisement

މުދާ ދޫކުރުމުގެ އުސޫލު ހަރުދަނާކުރަން ހުޅުމާލެ ޓާމިނަލުން އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކުރަނީ

ހުޅުމާލެ ޓާމިނަލުން މުދާ ދޫކުރަމުންދާ އުސޫލް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލް ކިޔުއެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ މި ކިއު ލައިވް ކުރުމާއި އެކު، ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރެވޭނީ ކިޔުގެ ތެރެއިން ކަމަށެވެ. އަދި މިބަދަލާއެކު ހުޅުމާލެ ޓާމިނަލުން މުދާ ކްލިއާ ކުރުން އަވަސްވެ، އާންމުނަށް ދެވޭ ހިދުމަތަށް އިތުރަށް އަވަސް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ކިއުގައި ބައިވެރިވުމަށް އެ ކުންފުނީގެ ވެބަސައިޓްގެ ލިންކުގައިވާ ވެހިކަލް ރެޖިސްޓްރޭޝަން ރިކުއެސްޓް ފޯމް ސެޕްޓެމްބަރު ތިން ވަނަގެ ކުރިން ފުރިހަމަކޮށް، ފޮޮނުވުމަށް ވަނީ އެދިފައެވެ. އަދި މެއިލް މެދުވެރިކޮށް ފޮނުވާނަމަ ([email protected]) ނުވަތަ ހުޅުމާލޭ ފައިނޭންސް ކައުންޓަރަށް ހުށަހެޅުމަށް އެދިފައިވެއެވެ.

އެމްޕީއެލްއިން ވިދާޅުވީ ކިޔުގައި ބައިވެރިވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި މާލެ ކޮމާޝަލް ހާބަރު (އެމްސީއެޗް) ވެހިކަލް ކިޔު ކައުންޓަރުގައި ރަޖިސްޓްރީވެފައިވާ ފަރާތެއްނަމަ ރެޖިސްޓްރޭޝަން ފޯމާއިއެކު އެމްސީއެޗް ކިއުއިން ވަކިކޮށް ދިނުމަށް އެދި ލިޔެފައިވާ ސިޓީ ހުށަހަޅަންވާނެ ކަމަށެވެ.

  1. އަދި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތަކީ އެމްސީއެޗް ކިއު ކައުންޓަރުން ރަޖިސްޓްރޭޝަން ބާތިލު ކުރެވިފައިވާ ފަރާތަކަށް ނުވުމާއި ފޯމާއި އެކު ހުށަހަޅާ ލިޔެކިޔުންތަކުގެ މުއްދަތު ހަމަވެފައި ނުވުމާއި ވެހިކަލްގެ ވެރިފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުމާއި އޭ ޒޯންގައި ރަޖިސްޓްރީ ކުރެވިފައިވާ ވެހިކަލްއެއް ކަމުގައިވުމުގެ އިތުރުން ޕިކަޕްގެ ގޮތުގައި ބެލެވޭނީ 1 ޓަނުން ފެށިގެން މަތީ ވެހިކަލް ކަމަށް ވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް