Advertisement

މާލޭގެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް ފަށައިފި

މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި ރީތި ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިއީ މާލެ ސިޓީ ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

Advertisement

މި ކަމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، “މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް” ކަމަށެވެ. އަދި މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް، މޭޔަރ ފާހަގަކުރެއްވިއެވެ.

މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގަކީ، ހިތްހަމަ ޖައްސައިލުމަށް ކުޑަކުދިން ގޮވައިގެން، ވަރަށް ގިނަ މީހުން ދުއްވާ މަގަކަށް ވާއިރު، މި މަގުގެ ބައެއް ފާރު ތަކާއި، ވަށައިގެން ލެވިފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި، ޢާއްމު ޢިޖުތިމާޢީ މިންގަޑުތަކާ ޚިލާފު ކުރެހުންތަކާއި، ގްރެފިޓީތައް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މި މަސައްކަތް ނިމޭއިރު މި ހުރިހައި ކުރެހުންތައް ވެސް ނެތިގެންދާނެއެވެ.

މޭޔަރ ޢާޒިމް ވަނީ، މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާފައެވެ. މި ފަދަ ޢަމަލުތައް ނުކުރެއްވުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން އާދޭހާއެކު އެދިވަޑައިގަންނަވާކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ ޢާންމު މާޙައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާޙައުލެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް