މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ބަނދަރުން މަސްގަންނަން ފަށައިފި އެވެ. މިފްކޯއިން ފުވައްމުލަކުން މަސްގަންނަން ފަށާފައިވަނީ އިއްޔެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފުވައްމުލަކު ބަނދަރުގައި މިހާރު ހަރަކާތްތެރިވަމުންދާ 30 މެޓްރިކް ޓަނުގެ “ރަނދި 19” ނަމަކަށް ކިޔާ ބޯޓަށް އިއްޔެ ހަ ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ބުންޏެވެ. މި ބޯޓުގެ ޖާގަ ފުރުމުން މަސްތައް އައްޑޫގައި ހުންނަ ކޯލްޑް ސްޓޯރޭޖަށް ގެންގޮސް އަނެއްކާ ވެސް މަސް ކިރުވުމަށް ފުވައްމުލަކަށް ދާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ އިތުރުން، މިފްކޯއިން ވަނީ ފުވައްމުލަކުގައި ހަދަން ފަށާފައިވާ މަސްޕްރޮސެސްކުރާ މަރުކަޒު މިއަހަރުގެ ތެރޭގައި އޮޕްރޭޝަނަލައިޒްކޮށް، ޕްރޮސެސް ކޮށްފައިހުރި މަސް އެތަނުން ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަން ވެސް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު