Advertisement

މެލޭޝިއާއިން ހައްޔަރުކުރި ބާތިންއާ ދެކޮޅަށް ގިނަ މައްސަލަތަކެއް!

މެލޭޝިއާއިން ހައްޔަރު ކުރި އަބްދުﷲ ބާތިން މުހައްމަދު އާ ދެކޮޅަށް ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަ ހިމެނޭހެން ގިނަ މައްސަލަތައް ތަހުގީގުކުރާ ކަން އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި ބާތިން އާ ދެކޮޅަށް ގެވެށި އަނިޔާގެ ދެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ މައްސަލައެއް ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

މިދިޔަ ބުދަ ދުވަހު ރާއްޖޭގެ ކުރިމިނަލް ކޯޓުން އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުނުއިރު، އޭނާ ހޯދައި ހައްޔަރު ކުރުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ވަނީ އެދިފައެވެ. މެލޭޝިއާ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ބާތިންގެ ފޯން ނަންބަރާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްގެން، އޭނާ އަތުލައިގަތީ ފޯނު ނަންބަރު ޓްރޭސްކޮށްގެން މެލެޝިއާގެ މަގުމަތިން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ސައިކަލެއްގައި ދަނިކޮށް ބާތިން ހައްޔަރުކުރި އިރު، އޭނާގެ ގައިން ނުވަތަ އަތުން ގާނޫނާ ހިލާފު އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށްވެއެވެ. ބާތިން ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުން ނައްސިވެފައިވާ ކަމަށްވެއެވެ.

މި އޮޕަރޭޝަނަކީ މެލޭޝިއާ ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.

ބާތިން އޭނާގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ އިރު، އިތުރު ދެ މީހަކަށް ބާތިން އިންޒާރު ދިން ކަމަށްއެވެ. މި މައްސަލަ މެލޭޝިއާ ފުލުހަށް ހުށަހަޅާފައިވާއިރު، ކުދިން ސްކޫލަށް ފޮނުވާ ނަމަ، ކުދިންނަށްވެސް ހަމަލާ ދޭނެ ކަމަށް ބުނެ ބާތިން އިންޒާރު ދީފައިވާކަން މައުލޫމާތު އެނގޭ މީހަކު ކިޔައި ދީފައިވެއެވެ.

އެނގިފައިވާ ގޮތުގައި ބާތިންގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުނު މައްސަލަ، ގެވެށިއަނިޔާގެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި ބިރު ދެއްކުމުގެ ތުހުމަތުތަކެއްވެސް ވަނީކޮށްފައެވެ.

މި މައްސަލަތަކާއި ގުޅިގެން ދެ ގައުމުގެ ފުލުހުން ހިންގާ ތަހުގީގަށް ބާތިން ހައްޔަރުކޮށް އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިއަދު މެލޭޝިއާގެ ކޯޓަކަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި