Advertisement

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު 37 އަހަރުގެ އަސްކަރީ ޚިދުމަތަށްފަހު ރިޓަޔަރކުރައްވައިފި

ދިވެހި އަސްކަރިއްޔާގައި 37 އަހަރު ދުވަހު އިޚްލާޞްތެރި ޚިދުމަތް ކުރެއްވުމަށްފަހު، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

އެމަނިކުފާނުގެ ދިގު ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Advertisement

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ:އެމްއެންޑީއެފް

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ. އަދި އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ޙަވާލުކޮށްދެއްވިއިރު، ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު ޙަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ:އެމްއެންޑީއެފް

އެމްއެންޑީއެފުން ވިދާޅުވީ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރެއްވިއިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގައިކަމަށެވެ. އަދި އަހުމަދު ނަޝީދުގެ ދިގު އަސްކަރީ ޚިދުމަތުގައި، ލޮޖިސްޓިކްސް، ސެކިއުރިޓީ އަދި ސަޕްލައިގެ އެކި ދާއިރާތަކުން ގިނަ ޒިންމާތަކެއް އުފުއްލަވާ، އެކި މަޤާމުތަކުގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް