Advertisement

40 ވަނަ އަސާސީ ތަމްރީނު ކޯހުން 116 ފުލުހުން ދަސްވެނިވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތަށް ޒުވާން، ގާބިލު ފުލުހުން ތަމްރީނު ކުރުމަށްޓަކައި، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ދ. ވާނީގައި ކުރިއަށް ގެންދިޔަ ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ނިންމައި، 116 ފުލުހުން ދަސްވެނިވެއްޖެއެވެ.

މި ކޯހުގައި ޖުމްލަ 138 ފުލުހުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 97 ފިރިހެން ފުލުހުންނާއި 41 އަންހެން ފުލުހުން ހިމެނެއެވެ. މި ބައިވެރިންގެ ތެރެއިން 116 ފުލުހުން ވަނީ ކޯހުން ފާސްވެ ދަސްވެނިވެފައެވެ.

Advertisement

ވާނީގައި މިރޭ ބޭއްވި މި ޝަރަފުވެރި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އިސްވެރިންނާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގައުމުތަކުގެ ސަފީރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން އަދި ދަސްވެނިވި ފުލުހުންގެ އާއިލާތަކުންވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ކޯހުން ދަސްވެނިވި ފުލުހުނަނަށް އެވޯޑު ހަވާލުކުރުމުގެ ރަސްމިއްޔާތު—ފޮޓޯ: ފުލުހުން

މި އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 40 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖަންޓް މުޙައްމަދު އަރުޝަދެވެ. ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ކޯހުން ދެވަނަ ދަރިވަރަކަށް ސާޖަންޓް އާދަމް ނަސީމް ހޮވުނުއިރު، ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ކޮންސްޓަބަލް މުޙައްމަދު އަޔާން އަލީއެވެ.

ކޯހުން ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ.

އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ސާޖަންޓް އަހުމަދު ޝިބަމް ހޮވުނުއިރު، ދެވަނައަށް ސާޖަންޓް އާދަމް ނަސީމް، އަދި ތިންވަނައަށް ކޮންސްޓަބަލް މުހައްމަދު އަޔާން އަލީ ހޮވުނެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ ކޮންސްޓަބަލް އައިޝަތު ހަމްޒާ ނިޔާޒްއެވެ. ދެވަނައަށް ކޮންސްޓަބަލް ޒިނާން އަޙްމަދު ރަޝީދު އަދި ތިންވަނައަށް ކޮންސްޓަބަލް އަހުމަދު އަތޫފް މުހައްމަދު ޚާލިދު ހޮވުނެވެ.

ކޯހުން ދަސްވެނިވި ފުލުހުނަނަށް އެވޯޑު ހަވާލުކުރުން—ފޮޓޯ: ފުލުހުން

ކޯހުގެ ސްކޮޑުތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނު ފަރާތްތަކަކީ:

  • އައިނެއްލާ ސްކޮޑުން ސާޖަންޓް އާދަމް ނަސީމް،
  • ބީފާން ސްކޮޑުން ކޮންސްޓަބަލް އަހުމަދު އަތޫފް މުހައްމަދު ޚާލިދު،
  • ހާޖީ ސްކޮޑުން ސާޖަންޓް މުހައްމަދު އަރުޝަދު،
  • ރަންވިއްކާ ސްކޮޑުން ކޮންސްޓަބަލް ހަސަން ނަބްހާންއެވެ.

މި ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ އައިނެއްލާ ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ވަޒީރު އިހުސާންއެވެ.

މި ކޯހުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ އައިނެއްލާ ސްކޮޑަށް ވަޒީރު އިހުސާން ޝީލްޑް ހަވާލުކުރައްވަނީ—ފޮޓޯ: ފުލުހުން

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ހިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި، ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް