Advertisement

ޤައުމީ ދުވަހާ ގުޅިގެން އަތޮޅު ފެންވަރުގައި ބިލެތްފަހީގައި ހާއްސަ ޖަލްސާއެއް

ށ. އަތޮޅުން އަތޮޅު ފެންވަރުގައި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާ އޮތީ އެެއަތޮޅު ބިލެއްފަހީ ސުކޫލުގައެވެ.

Advertisement

ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރިޔަމް މާރިޔާ އެވެ.

މި ޖަލްސާގައި ށ. އަތޮޅު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ކުރާ މަސައްކަތްތަކާއި ހިއްވަރު ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން އަހަރަކު 1 ފަހަރުދޭ މާރެސް އެވޯޑުވެސް ވަނީ ދީފައެވެ. އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރި 3 ކޮމިޓީއަކަށް އެވޯޑް ދީފަވެއެވެ.

މި އެވޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރު އާދަމް ޝަރީފު އުމަރު އާއި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އާދަމް ޝަރީފު އުމަރުވަނީ ށ. އަތޮޅު ކައުންސިލާއި ބައްދަލުކުރައްވާފައެވެ. ބިލެއްފަހީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި އަތޮޅުގެ ރައްތަކާއި ގުޅުންހުރި މުހިންމު ކަންކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުހީއާއި، ޑެޕިޔުޓީ މިނިސްޓަރ މުހައްމަދު ޢާރިފު ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް