Advertisement

ދިވެހީންގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި، އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑު: ރައީސް

ދިވެހީންގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

Advertisement

އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ރައީސް މުޢިއްޒު ވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށެވެ. އެއީ ޤައުމު ބިނާކުރުމަށާއި، އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ އަގުހުރި ޚިދުމަތެއްކަމަށް ވިދާޅުވެފައެވެ.

އަދި އެއީ ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްސަ ހުނަރެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދައިރާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހީންގެ މުސްތަޤުބަލުގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް