ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ވޯޓާ ޕާކް ތެރެއިން ކުނިވެފައި އޮއްވާ ފެނުނު މީހާއަކީ އޮގަސްޓް 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް ފިރިހެން މީހާ ކަމަށް ބެލެވޭ ކަމަަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ވޯޓާ ޕާކް ތެރެއިން އޭނާ ފެނިފައިވަނީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. އެއާއި އެކީ ފުލުހުން ވަނީ އެސަރަހައްދު ބަންދުކޮށް، އެއީ ކާކުތޯ ހޯދުމުގެ މަސައްކަތް ފެށިއެވެ.
ފުލުހުން މިރޭ ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނު އެ މީހާއަކީ ނޭޕާލަށް ނިސްބަތްވާ ރުޕަން ތަޕާ މަގަރް 29އ. ކަން ފޮރެންސިކް ތަހުލީލުތަކުން ކަށަވަރުވާ ކަމަށެވެ.
އަދި މިހާތަނަށް ބެލި ބެލުމުން އޭނާ ނިޔާވުމުގެ ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެމީހާގެ ހަށިގަނޑު ވަނީ އެއްކޮށް ކުނިވެފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު