Advertisement

ރަސްމާލެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން އިލްތިމާސްކޮށްފި

ރަސްމާލެ ބިން ހިއްކުން ކުރިއަށްދާ ސަރަހައްދާ ކައިރިން ޑައިވް ނުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަސްމާލެ ބިންހިއްކުގެ މަޝްރޫއުގެ ސައިޓް ސީ އަދި އީ ސަރަހައްދު ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާ އާއި ބިން ހިއްކާ ސައިޓާ ދޭތެރޭ ކޮންޓްރެކްޓާ ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

Advertisement

އަދި ބިން ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ބޮރޯ އޭރިއާގައި ޑްރެޖާ ހަރަކާތްތެރިވާނެ ސަރަހައްދާއި ބޮރޯ އޭރިއާ އާދި ބިން ހިއްކާ ސައިޓާ ދޭތެރޭގައި ކޮންޓްރެކްޓާގެ ޑްރެޖާ ދަތުރުުރާނެ ހާއްސަ ރޫޓެއް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެހެންކަމުން އެ ސަރަހައްދުތަކުގައި އުޅަނދު ފަހަރު އަޅައިގެން ތިބުމާއި ޑައިވްކުރުން ފަދަ ކަންކަން ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ

އެޗްޑީސީން ވަނީ އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަން ދީގެން ން ދަތުރުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެކަމާއި ގުޅެގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުމަށް ނުވަތަ އެޗްޑީސީއަށް މެއިލް ކުރުމަށް އެދިފައި ވެއެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން ހަދާ ރަސްމާލެއަކީ 240،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ރަސްމާލޭގައި 26،000 ފްލެޓާއި 11،000 ގޯތި ދިނުމަށް ޕްލޭންގައި ހިމެނޭއިރު، ރަސްމާލެ ތަރައްގީކުރަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރުގެ އުސްމިނަށެވެ. އެއީ ހުޅުމާލެ އަށްވުރެ 0.5 މީޓަރު އުހެވެ. މި ސިޓީ ވެގެންދާނީ ތިމާވެއްޓާ ރައްޓެހި ސިޓީއަކަށެވެ. އެގޮތުން މިތަން ތަރައްގީ ކުރަމުން ގެންދަނީ “ސޭފް އައިލެންޑް”އެއްގެ ގޮތުގައި، އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭވަރަށް ހިއްކައިގެންނެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ ޑިސެމްބަރު 18، 2023 ގައެވެ. މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމަށް 2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމެނި ނަމަވެސް އެމްޑީޕީގެ މެޖޯރިޓީއެއް އޭރު އޮތް ރައްޔިތުންގެ މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އުނިކޮށް، އެ ފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ބަހާލައިފައެވެ. އެހެންވެ، މިދިޔަ އަހަރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ.

މިހާރު އަނެއްކާވެސް މިތަން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް