Advertisement
ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރު މަސައްކަތުގެ ބޮޑު ބައެއް ނިމިފަ -- ފޮޓޯ: އެޗްޑީސީ

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރު މަސައްކަތުގެ ބޮޑު ބައެއް ނިންމައިފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ސަރަހައްދުގެ ދުވާރު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.

މިއީ، 4000 ފްލެޓުގައި އަލަށް މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެ ސަރަހައްދުގައި އަސާސީ ވަސީލަތްތައް ގާއިމްކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

Advertisement

އެގޮތުން، ދެވަނަ ފިޔަވަހީގެ ނިރޮޅުމަގު، ޒޯން 1 އަދި ޒޯން 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާއިރު، ޒޯން 1 ގެ %75 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ޒޯން 2 ގެ %58 މަސައްކަތް ވަނީ ނިމިފައެވެ. ޒޯން 1 އަދި 2 ގެ ދުވާރު ހެދުމުގެ މަސައްކަތް މިއަންނަ މަހުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ދުވާރު މަސައްކަތުގެ ބޮޑު ބައެއް ނިމިފަ — ފޮޓޯ: އެޗްޑީސީ

އޭގެ އިތުރުން ޒޯން 3 ގެ ދުވާރު ހެދުމުގެ މަސައްކަތް ފެށުމަށް އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ދުވާރު ހެދުމުގެ މަސައްކަތުގެ އިތުރުން، ދެވަނަ ފިޔަވަހީގައި ގެދޮރުވެރިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގައި ޖުމްލަ 5 ބަސް ސްޓޮޕް ގާއިމްކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގެ ނިރޮޅުމަގުގެ ބަސް ސްޓޮޕްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި ދެވަނަ ބަސް ސްޓޮޕް، އެ ސަރަހައްދުގެ ހިތިގަސް މަގުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ބަސް ސްޓޮޕްގެ މަސައްކަތް ވެސް މި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެޗްޑީސީ އިން ވަނީ ހާމަ ކޮށްފައެވެ.

4000 ފްލެޓްގެ މަޝްރޫއަކީ ސަރުކާރުން ހުޅުމާލޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫއެއް ކަމުގައިވާއިރު، މި ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ގާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ ހުޅުމާލެއަކީ ހުރިހާ ރައްޔިތުންނަށްވެސް ހިތްފަސޭހަ ތަނަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް