ހުޅުމާލެ އިން އުމުރުން 41 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަނީ ދޫޑިގަން، ފަސީހްއާބާދު/ޏ.ފުވައްމުލައް މަސީހް އަބްދުލް ހަކީމް (41އ) ކަމަށެވެ.
ފުލުހުން އޭނާ ހޯދަމުންދަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޮގަސްޓު މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީއެވެ.
ފުލުހުން ވިދާޅުވީ މަސީހް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށާއި އޭނާގެ ޚަބަރެއް އާއިލާއަށް އެންމެފަހުން ވެފައިވަނީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
މަސީހް އަބްދުލް ހަކީމްއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު