ދިވެހި ފުލުހަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް, މިއަދު ހެނދުނު މަރުވީ ސާޖަންޓް މުޙައްމަދު އަރުޝަދު, 37, އެވެ.
އޭނާ މަރުވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލި ގޮތަކަށެވެ.
އަރުޝަދުގެ ގާތް މީހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން ފާހަގަވެފައެއް ނުވެއެވެ.
އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުލުހެކެވެ. މިނިސްޓަރު މިހާރު ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގައެވެ.
އަރުޝަދުގެ ޖަނާޒާއާ ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު