Advertisement

“އެކު އެކީ” ތަމްރީން ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި

“އެކު އެކީ” ތަމްރީން ޕްރޮގްރާމްވކުޅުދުއްފުށި ސިޓީ ފަށައިފިއެވެ.

މިއީ ސޯޝަލް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ (ޑީވީ އެންޑް ޖީބީވީ) ހުއްޓުވުމަށާއި ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމައުގައި ހެޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ތަމްރީން ޕްރޮގްރާމު ކުރިއަށްދަނީ މި މަހު 24 ން 28 ގެ ނިޔަލަށެވެ.

Advertisement

“އެކު އެކީ” ތަމްރީން ޕްރޮގްރާމް ގެ ތެރެއިން— ފޮޓޯ:ސޯޝަލް މިނިސްޓްރީ

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީން 18 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 4 ފަރާތެއް ވެސް ހިމެނެއެވެ.

މިއީ އުމުރުން 18 އަހަރާއި 25 ދެމެދުގެ ކުދިންނަށް ގެވެށި އަނިޔާއާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މި އުމުރުފުރައިގެ ކުދިންގެ މެދުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ވާހަކަދައްކާ ހައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާ ދޭނެއެވެ. އަދި އަމިއްލައަށާއި އަނެކާގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަންނާނެ ގޮތްތައް ވެސް ބުނެދޭނެއެވެ.

“އެކު އެކީ” ތަމްރީން ޕްރޮގްރާމް ގެ ތެރެއިން— ފޮޓޯ: މިނިސްޓްރީ

މީގެއިތުރުން މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އެމީހުންގެ މުޖުތަމައުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މައުލޫމާތު ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމައުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި މުއާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ހާއްސަ ފުރުސަތަކަށް ކަމުގައި މިނިސްޓްރީން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް