ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޒަކާތާއި ގުޅޭ މޯބައިލް އެޕްލިކޭޝަނަކީ ޒަކާތު ހައުސްގެ ހިދުމަތްތަކާއި މައުލޫމާތުތައް އެއް ތަނަކުން ފަސޭހައިން އާއްމުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަގްސަދު ހެދުމަށް ހަމަޖެހިފައިވާ އެޕްލިކޭޝަނެއް ކަމަށެވެ.
އެޕްލިކޭޝަންގެ މަސައްކަތް ނިމުމުން އެ އެޕްލިކޭޝަންގެ ޒަރިއްޔާއިން ޒަކާތް ދައްކަން ޖެހޭ ވަރު ހިސާބު ކުރެވޭނެ އިންތިޒާމާއި، ޒަކާތާއި ގުޅޭ އޮންލައިން ލައިބްރަރީއަކާއި ޒަކާތު ހައުސްއިން ދެމުންދާ ހިދުމަތްތައް އާއްމުންނަށް ފަސޭހަކަމާއެކު ބެލޭނެކަން މިނިސްޓްރީން ފާހަގަކުރައްވައެެވެ.
ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފައެވެ. މިކަމާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީބިޑް މީޓިން އަންނަ ހޯމަ ދުވަހުގެ 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާއެވެ.
ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން https://forms.office.com/r/9pdRWwVL4J
މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އަންނަ މަހުގެ ދެވަނަ ދުވަހުގެ 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު