Advertisement

ވިހެއުމުގެ ޗުއްޓީގެ މައްސަލައަކާ ގުޅިގެން ނަދާ ސެލޫން ހައިކޯޓަށް

ނަދާ ސެލޫން އެންޑް އެސްތެޓިކްސް ސްޓޫޑިއޯގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު ވިހެއުމާ ގުޅިގެން ނެގި ޗުއްޓީއާއެކު އުފެދުނު ހިލާފުތަކެއްގެ މައްސަލަ އެ ސެލޫނުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ 2018 ވަނަ އަހަރުން ފެށިގެން އެ ސެލޫންގައި މަސައްކަތް ކުރަމުން ގެންދިޔަ މުވައްޒަފަކު، ވިހެއުމާ ގުޅިގެން ނެގި ޗުއްޓީއަކާއެކު އުފެދުނު މައްސަލައެކެވެ.

Advertisement

އެ މުވައްޒަފު ވަޒީފާއާ ބެހޭ ޓްރައިބިއުނަށް ހުށަހެޅި މައްސަލައިގައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު، އެ މުވައްޒަފު އަހަރީ ޗުއްޓީއެއް ނެގުމަށް ފަހު، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ތިން މަސް ދުވަސް ނެގުމުން، އެ ތިން މަސް ދުވަހަށް މުސާރަ ދީފައި ނުވާކަމަށެވެ.

އެ މުއްދަތަށް މުސާރަ ދީފައިނުވަނީ ގާނޫނާހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ކަނޑައަޅައިދީ، އެ މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމުގެ އެ ފަރާތުން ވަނީ އެދިފަ އެވެ. މީގެ އިތުރުން މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޚަރަދުވީ 35،000 ރުފިޔާ ނަގައިދިނުމަށް ވެސް އޭނާ އެދިފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ޓްރައިބިއުނަލަށް ހާޒިރުވުމަށް ނަދާ ސެލޫނަށް އެނގި ނަމަވެސް ހާޒިރުވެފައިނުވެއެވެ.

އެހެންވެ ނަދާ ސެލޫންގެ ޣައިރު ހާޒިރުގައި ނިންމި ނިންމުގައި ވަނީ  މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި، އެ މުވައްޒަފަށް ވިހެއުމާ ގުޅިގެން ދޭން ޖެހޭ ޗުއްޓީ ދިނުމުގައި ސެލޫނުން ވަޒީފާއާބެހޭ ގާނޫނާ ޚިލާފުވެފައިވާ ކަމަށެވެ.

އެހެންވެ އެމުވައްޒަފުގެ ތިން މަހުގެ މުސާރައަށްވާ 48،600 ރުފިޔާއާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 97،200 ރުފިޔާގެ އިތުރުން ރޯދަ މަހު އިނާޔަތަށް 3000 ރުފިޔާ އާއި ވަކީލު ފީގެ ގޮތުގައި 35000 ރުފިޔާ ދޭން ޖެހޭ ކަމަށް ޓްރައިބިއުނަލުން ނިންމިއެވެ.

ޓްރައިބިއުނަލްގެ އެ ނިންމުން ބަލައިނުގަނެ ނަދާ ސެލޫން ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް