Advertisement

ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން މަތީތައުލީމް އުނގެނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއީ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއިން، ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

Advertisement

ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް އަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު އުގެނުމަށް ހުޅުވާލި ފުރުސަތުގައި ހިމެނެނީ ބެޗްލާސް ޑިގްރީ ގެ 2 ކޯހެކެވެ. އެއީ އެގްރިކަލްޗަރަލް ސައިންސް އަދި އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ) އެވެ.

މި ކޯސްތައް ކުރިއަށް ގެންދާނީ އޭޝިއާ އަދި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ ގައުމުތަކުގައެވެ. އަދި އެ ކޯސްތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ، ބުކް އެލަވަންސް (ސްކޮލަޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު) އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)، ޑިޕާޗަ އެލަވަންސް (އެއްފަހަރު) އަދި ސްޓައިޕަންޑް (ސްކޮލަޝިޕްގައި ކިޔަވަމުންދާ މުއްދަތަށް) ލިބޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2025 ސެޕްޓެމްބަރ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ދާއިރާއަކަށް ދަނޑުވެރިކަން ހެދުމަށް ކުރަމުންދާ މަސައްކަތުގައި، ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީންތަކާއެކު ޒުވާނުން މި ދާއިރާއަށް ނެރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް