Advertisement

ރައްޔިތުންގެ މަޖިލިސް މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ. މިހިނގާ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވާފައިވަނީ އަންގާރަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ދައުރުގެ ތެރޭގައި މަޖިލީހުގެ ޖުމްލަ 27 ޖަލްސާއެއް ވަނީ ބާއްވާފައެވެ. އެއީ 46 ގަޑިއިރުގެ މަސައްކަތް ކަމަށް މަޖިލީހުން ވިދާޅުވެއެވެ.

Advertisement

މަޖިލީހުގެ ތަޅުމުގައި ކުރިއަށްދާ ޖަލްސާތަކުގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިޔައެވެ. އެގޮތުން، ދެވަނަ ދައުރުގެ ތެރޭގައި ޖުމްލަ 127 ކޮމިޓީ ބައްދަލުވުންތައް ބާއްވާފައިވާއިރު މި ބައްދަލުވުންތަކުގައި 91 ގަޑިއިރާއި 29 މިނެޓް ހޭދަވި ކަމަށް މަޖިލީހުގެ ހިސާބުތަކުން ދައްކައެވެ.

ދެވަނަ ދައުރުގައި ވަނީ މިހާތަނަށް މަޖިލީހުގައި ނުނިމިހުރި ބައެއް މަސައްކަތްތައްވެސް ކުރިއަށްގެންގޮސްފައެވެ. އެގޮތުން، ދެވަނަ ދައުރު ނިމުނުއިރު 24 ބިލެއްގެ މަސައްކަތް މަޖިލީހުން ކުރިއަށްގެންގޮސްފައިވާއިރު އޭގެތެރެއިން 7 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި ދައުރުގެ ތެރޭގައި ނިންމާފައި، ފާހަގަކޮށްލެވޭ ބިލުތައް:

  1. • ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  2. • ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  3. • ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  4. • މޯލްޑިވްސް އިންޓަރލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު
  5. • އިންޝުއަރެންސްގެ ބިލު
  6. • ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ދައުރުގެ ތެރޭގައި 6 ޤަރާރެއްގެ މަސައްކަތް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް ދައުރު ނިންމާލިއިރު އެއްވެސް ޤަރާރެއްގެ މަސައްކަތް ނުނިމެއެވެ. އަދި މި ދައުރުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް 11 މައްސަލައެއް ހުށަހެޅުއްވިއިރު އޭގެ ތެރެއިން 8 މައްސަލައެއްގެ މަސައްކަތް ދައުރުގެ ތެރޭގައި ވަނީ ނިންމާފައެވެ.

މި ދައުރުގެ ތެރޭގައި 6 ކުއްލި މައްސަލައެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާއިރު އެ ހުރިހާ މައްސަލައެއްގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ. އަދި ތަޅުމަށް ހުށަހެޅި އިމްތިޔާޒުގެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައިގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

މި ދައުރުގެ ތެރޭގައި ވަޒީރުންނާ ކުރެއްވުމަށް މެންބަރުން ވަނީ 77 ސުވާލު ހުށަހަޅުއްވާފައެވެ. ނަމަވެސް ދައުރު ނިމުނުއިރު މަސައްކަތް ނިމިފައިވަނީ 8 ސުވާލުގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި ޗުއްޓީއަށް ގޮސްފައިވާއިރު މިއަހަރުގެ ބާކީ އޮންނާނީ އެއް ދައުރެވެ. އެގޮތުން، ތިންވަނަ ދައުރުގެ މަސައްކަތް ފެށޭނީ އޮކްޓޫބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް