ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ‘މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން މިއަދު އއ. މާޅޮހުގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައި އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފި އެވެ.
މި ހިދުމަތް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
“މިއަދު އއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކުރެވުމާ އެކު ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން 8 އަތޮޅެއްގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް މިވަނީ ގާއިމްކޮށްފައި،” ޝަރީފް ވިދާޅުވި އެވެ.
“މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން މިދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ފަސޭހައިން ބީއެމްއެލްގެ ހިދުމަތް ހޯދޭނެހެން ބޭންކުގެ ހިދުމަތް ފުޅާކުރުމުގެ އަޒުމުގައި ވަރުބަލިކަމެއް ނެތި.”
ބީއެމްއެލްގެ ބޭންކިން ވިއުގަ
-
20 އަތޮޅުގައި 41 ބްރާންޗު
-
144 ސެލްފް ސާވިސް ބޭންކިން ސެންޓަރު
-
200 އޭޓީއެމް
-
އޭޖެންޓު ބޭންކިން
-
އެންމެ ޒަމާނީ އޮންލައިން ބޭންކިންގެ ހިދުމަތް


ކިޔުންތެރިންގެ ހިޔާލު