Advertisement

ކުށުގެ ވެށިން 18 އަހަރުންދަށުގެ ކުދިން ފެންނަ މިންވަރު އިތުރު: ޕޮލިސް

ކުށުގެ ވެށިން 18 އަހަރުންދަށުގެ ފިރިހެން ކުދިން ހިމެނޭ ގްރޫއްޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އިދާރާއިން ކުރިއަށް ގެންދާ ބަލާފާސްކުރުންތަކުން ކުށުގެ ވެށިން 18 އަހަރުން ދަށުގެ ފިރިހެން ކުދިން ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. ކުށުގެ މާހައުލަށް ކުޑަކުދިން ހުށަހެޅިގެންދާދިއުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރަމުން ފުލުހުން ބުނެފައި ވަނީ، މިކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ، ރައްކާތެރިނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާކަމަށެވެ. އަދި ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބި، މައިންބަފައިންނާ ނުރުހުންވެ ފިލައިގެން ގެއިން ނުކުމެ، މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅި، އަދި އެހެނިހެން ޤާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ފުލުހުން ވަނީ މިފަދަ ކަންކަމުގައި މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށް އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭގޮތުން އެ ކުދިންނާއެކު ވާހަކަދައްކައި މަޝްވަރާކުރުމަށް ވަނީ އެދިފައެވެ.

ފުލުހުން ބުނީ ކުދިން ފެންނަކަމަށް ފާހަގަކުރެވޭ ސަރަހައްދުތައް ގަވާއިދުން ބަލާ ފާސްކޮށް ގާތުން ބަލަހައްޓަމުން ގެންދާކަމަށެވެ.  އަދި ކުޑަ ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތައުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމައުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ވަނީ ފާހަގަކޮއްފައެވެ.

މި ބަޔާނުގައި ފުލުހުން ވަނީ ކުޑަ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައި، އެންމެހައި މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާގުޅުންހުރި ދައުލަތުގެ އެންމެހައި މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

މިއީ އެމްޑީޕީގެ ސަފުތައް ރުކުރުވާލައި، މިސަރުކާރު ބަލިކުރުމުގެ މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

ފީއަލީގައި ވޯޓުލަނީ ރަސްމީ ލިސްޓަށް ނޫން ކަމުގެ ޝަކުވާ ލިބުމުން ވޯޓުލުން މެދުކަނޑާލައިފި

އެމްޑީޕީ ޗެއާޕާސަން އިންތިޚާބު: ފިޔޯރީގައި ބެހެއްޓި ވޯޓްފޮށި ފަޅާލައި، ބޮޑު ހަމަނުޖެހުމެއް ހިނގައިފި