Advertisement

ބ. އަތޮޅު އާރް.ޓީ.އެލް ފެރީ ހިދުމަތް ދޭން ފެށި ފަހުން، 1500 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ހިދުމަތް ދޭން ފެށި ފަހުން، ފުރަތަމަ ތިން ހަފްތާގެ ތެރޭގައި 1500 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށް، ހިދުމަތް ހޯދައިފިއެވެ.

މި ހިދުމަތް ބ. އަތޮޅުގައި ފެށީ މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

Advertisement

އާރް.ޓީ.އެލް ފެރީ ހިދުމަތުގެ ފުރަތަމަ ހަފްތާގައި، ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ 3 ވަނަ ދުވަހާ ހަމައަށް، ޖުމްލަ 451 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މި ދަތުރުތަކަކީ އާރް.ޓީ.އެލް ހިދުމަތާ ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން އަގު ނުނަގާ ކުރެވުނު ދަތުރުތަކެކެވެ.

ފުރަތަމަ ހަފްތާގެ ފަހުން، މި ހިދުމަތަށް އޮތް ތަރުހީބު ފާހަގަކުރެވުނުއިރު، ދެވަނަ ހަފްތާގައި ބ. އަތޮޅު އާރް.ޓީ.އެލް ފެރީގައި 572 ފަސިންޖަރުން ވަނީ ދަތުރުކޮށްފައެވެ. މި އަދަދަކީ ފުރަތަމަ ހަފްތާއަށްވުރެ ގިނަ އަދަދެއްކަމުން، ރައްޔިތުންގެ ބޭނުންތަކަށް މި ހިދުމަތް ވެފައިވާ މިންވަރު ދައްކުވައިދެއެވެ. ނަމަވެސް، ތިންވަނަ ހަފްތާގައި ދަތުރުކުރި ފަސިންޖަރުންގެ އަދަދު ކޮންމެސް ވަރަކަށް މަދުވެ، 499 ފަސިންޖަރުން ވަނީ މި ހިދުމަތް ބޭނުންކޮށްފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މި ހިދުމަތުގެ ބޭނުންތެރިކަން އިތުރުވެ މި ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިހާތަނަށް ތިން ހަފްތާގެ ތެރޭގައި ބ. އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 1522 ފަސިންޖަރުން ވަނީ އާރް.ޓީ.އެލް ފެރީ ބޭނުންކޮށްގެން ދަތުރުކޮށްފައެވެ. މިއީ އަތޮޅުތެރޭގައި ދަތުރުފަތުރުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބޮޑު ފަސޭހައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް