Advertisement

ގައުމީ ޅެން ހެދުމުގެ މުބާރާތެއް މައުމޫން ފައުންޑޭޝަނުން ބާއްވަނީ

މައުމޫން ފައުންޑޭޝަނުން ގައުމީ ޅެން ހެދުމުގެ މުބާރާތެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދާފައިވާފައިވާ މައުމޫން ފައުންޑޭޝަނުން ބުނީ ގައުމީ ދުވަހާއި ގުޅިގެން، ދިވެހި ގައުމިއްޔަތާއި، ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އެއްބައިވަންތަކަން މި މައުލޫތައް ރަމްޒުކޮށްދޭ ޅެން ހެދުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

މިމުބާރާތަކީ ހުރިހާ ދިވެހިންނަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށް ވެސް ބުންޏެވެ.

މިމުބާރާތުގައި 1 ވަނަ އަށް އަންނަ މީހަކަށް 5000.00 ރުފިޔާ، 2 ވަނަ އަށް އަންނަ މީހަކަށް 3500.00 ރުފިޔާ، އަދި 3 ވަނަ އަށް އަންނަ މީހަކަށް 2000.00 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށައަޅާފަ އެވެ. އަދި އެންމެ މޮޅު 5 ޅެމަށް ހަނދާނީ ލިޔުން ދޭނެ ކަމަށް ވެސް ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވާން އެެދޭ މީހުން ޅެން ހެދުމަށް ފަހު، 27 އޮގަސްޓު ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން [email protected] މި އީމެއިލް އެޑްރެހަށް ފޮނުއްވުން އެ ފައުންޑޭޝަނުން ވަނީ އެދިފަ އެވެ.

މިމުބާރާތުގެ ގަވާއިދު އެ ފައުންޑޭޝަންގެ ފޭސްބުކް އަދި އެކްސް ޕޭޖުން ލިބެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް