Advertisement

ސޯޝަލް މިނިސްޓްރީން ޕޭރެންޓިންގ ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް ފަށައިފި

ސޯޝަލް މިނިސްޓްރީން ޕޭރެންޓިންގ ޕްރޮގްރާމް ފެސިލިޓޭޓަރ ތަމްރީނެއް ފަށައިފިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ތެރެއިން އެ މިނިސްޓްރީ އަށް ހުށަހެޅޭ އާއިލީ މައްސަލަތަކުގައި ބެލެނިވެރިންނާއި ކުދިންގެ މެދުގައި ރަނގަޅު ގުޅުމެއް ގާއިމްކުރުމަށް ބޭނުންވާނޭ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ.

Advertisement

މީގެއިތުރުން މި ހުނަރުތައް ބޭނުންކޮށްގެން ދިރިއުޅުމުގެ ކަންކަން ހައްލުކުރުން ފަދަ ކަންކަން ވެސް ދަސްކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ކުދިންނަށް ދިމާވާ މައްސަލަތަކާ ކުރިމަތިލާނެ ގޮތާއި މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުކުޅުތައް ވެސް އުނގަންނައިދޭނެއެވެ.

މިއީ އަމާން މުޖުތަމައެއް ބިނާކުރެވޭނީ ބެލެނިވެރިންނާއި އާއިލާތަކާއެކު ދުޅަހެޔޮ ގުޅުންތައް ގާއިމްކުރެވިގެން ކަމަށް ވާތީ، އެކަމަށް ބާރުއެޅުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް