Advertisement

އެފްޑީސީ ފްލެޓްތަކަށް މީހުން ބަދަލުވާންވާއިރަށް ބަސް ސްޓޮޕްތައް އިތުރުކުރަން ފަށައިފި

ގެދޮރުވެރިޔާ މަޝްރޫއުގެ 4،000 ފްލެޓް ލިބޭ މީހުން ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ހުޅުމާލެ 2 ގައި ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

Advertisement

އެޗްޑީސީން މި މަސައްކަތް ފަށާފައިވާއިރު، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އެގޮތުން އެ ކޯޕަރޭޝަނުން ވިދާޅުވީ މި މަސައްކަތް މިހާރަށްވުރެ ހަލުވިކޮށް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ އެއްބަސްވުމެއްގައި ސޮއިކޮށް ނިންމައި، ފްލެޓްތައް ހަވާލުކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު ކަނޑައަޅައި، އެއްބަސްވުން އެކުލަވާލުމަށްޓަކައި މިހާތަނަށް 2665 ފަރާތެއްގެ ނަން އެފްޑީސީއަށް ފޮނުވާފައިވެއެވެ. ވުޒާރާއިން ފޮނުވާ މި މައުލޫމާތުތައް އަވަހަށް ޕްރޮސެސްކޮށް، ސޮއިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕޯޓަލަށް އެޅުމަށް އަންގާ މުއްދަތު އަވަސްކުރުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި، އެފްޑީސީން ވަނީ ދުވާލެއްގެ މައްޗަށް ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް ފިޔަވަޅުތައް އަޅާފައެވެ. މިގޮތުން، މި މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ބޭނުންވާ ތަމްރީންތައް ދީފައިވެއެވެ. މީގެ އިތުރުން، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ހުންނަ ޑެސްކްތައްވެސް އިތުރުކުރުމުގެ މަސައްކަތް އެފްޑީސީން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް