Advertisement

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ އަތޮޅުގެ 4 ރަށަކަށް، ހާހަކަށްވުރެ ގިނަ ގަސް ހަދިޔާ ކޮށްފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، މި ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް ގަސް ފޮނުވައިފިއެވެ.

ރަށްރަށުގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ކައުންސިލްތަކުން ގަސް ފޯރުކޮށްދިނުމަށް މިނިސްޓްރީގައި އެދެމުން އަންނަކަން އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ހަނިމާދޫގައި ހުންނަ މިނިސްޓްރީގެ ސެންޓަރުން، އެ ރަށްތަކަށް ބޭނުންވާ މިންވަރަށް ގަސްތައް އަންނަނީ ފޯރުކޮށްދެމުން ކަމުގައިވެސް ވަނީ ބުނެފައެވެ.

Advertisement

މި ގޮތުން މި މަހުގެ ތެރޭގައި ށ. އަތޮޅުގެ 4 ރަށަކަށް ޖުމްލަ 1159 ގަސް ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ވަނީ ބުނެފައެވެ.

“ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން ގަސް، ފޮނުވައިފައިވާ ށ. އަތޮޅުގެ 4 ރަށާއި ތަފްސީލް:

ށ. ފުނަދޫ:

ބަނބުކެޔޮ – (ގޭބީސީ ތަކަށް 8، އޮފީސްތަކަށް 57) ޖުމްލަ 65

ޖަނބުރޯލް – (ގޭބީސީ ތަކަށް 9، އޮފީސްތަކަށް 107) ޖުމްލަ 116

މުރަނގަ – (ގޭބީސީ ތަކަށް 5، އޮފީސްތަކަށް 106) ޖުމްލަ 111

އަލަ – (ގޭބީސީ ތަކަށް 32) ޖުމްލަ 32

ޅައިމަގު

ބަނބުކެޔޮ – (ގޭބީސީ ތަކަށް 59، ) ޖުމްލަ 59

ޖަނބުރޯލް – (ގޭބީސީ ތަކަށް 52) ޖުމްލަ 52

މުރަނގަ – (ގޭބީސީ ތަކަށް 51) ޖުމްލަ 51

އަލަ – (ގޭބީސީ ތަކަށް 216) ޖުމްލަ 216

ނަރުދޫ

ބަނބުކެޔޮ – (ގޭބީސީ ތަކަށް 7، އޮފީސްތަކަށް 53) ޖުމްލަ 60

ޖަނބުރޯލް – (ގޭބީސީ ތަކަށް 12، އޮފީސްތަކަށް 59) ޖުމްލަ 71

މުރަނގަ – (ގޭބީސީ ތަކަށް 11، އޮފީސްތަކަށް 56) ޖުމްލަ 67

އަލަ – (ގޭބީސީ ތަކަށް 56) ޖުމްލަ 56

ބަލަތްފަހި

ބަނބުކެޔޮ – (ގޭބީސީ ތަކަށް 29) ޖުމްލަ 29

ޖަނބުރޯލް – (ގޭބީސީ ތަކަށް 29) ޖުމްލަ 29

މުރަނގަ – (ގޭބީސީ ތަކަށް 29) ޖުމްލަ 29

އަލަ – (ގޭބީސީ ތަކަށް 116) ޖުމްލަ 116

“ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން، ރާއްޖޭގެ އެކި ރަށްތަކަށް ގަސްތައް ފޯރުކޮށްދެމުން އަންނައިރު، މި އަހަރުގެ ޖޫން މަހު ވަނީ ހަނިމާދޫ ކައުންސިލަށްވެސް 50 ބަނބުކެޔޮ ގަސް ހަދިޔާކޮށްފައެވެ. މި މަސައްކަތްތަކުން ރާއްޖޭގެ ކާނާގެ ޔަގީންކަން އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުމަށް އެހީތެރިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް