Advertisement

55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް އާރްސީސީއާ ހަވާލުކޮށްފި

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އީމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާއެކު ސޮއިކޮށްފިއެވެ.

ސިޓީތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ކަމަށެވެ.

Advertisement

ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސޮއިކުރެއްވީ ޑިރެކްޓަރު ހާމިދު ޔޫސުފެވެ. އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފަށައި، ކުރިއަށް އޮތް 11 ވަރަކަށް މަސް ތެރޭ ނިންމުމަށް ވަނީ ކަނޑައަޅާފައި ކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ. އަދި އެ މަޝްރޫގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ނިމޭއިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗާ ވެސް ލެވިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

އާރުސީސީއާ މި މަޝްރޫއު ހަވާލުކުރީ، ކުރިން މި މަޝްރޫއު ހަވާލުކުރި މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާތިލްކުރުމަށް ފަހުގައެވެ. ހެކްސްޓާއާއެކު ސޮއިކުރި އެއްބަސްވުން ބާތިލްކުރީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުން ކަމަށް މީގެ ކުރިން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. އެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން އެކުންފުންޏަށް ބަދަލެއް ދޭކަށް ނުޖެހުނެވެ.

ރަށްރަށުގައި ހުންނަ ކައުންސިލް އިމާރާތްތައް ބާވެފައި ހުރުމުން އެ ތަންތަން ޒަމާނާ އެއްގޮތަށް މަރާމާތުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. އެމަނިކުފާނުގެ ވައުދަކީ ފަސް އަހަރު ދުވަހުގެ ތެރޭގައި 120 އަށް ވުރެ ގިނަ ކައުންސިލް އިމާރާތް އެޅުމެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ 30 ނޫނީ 40 އަހަރުވެފައިވާ ކައުންސިލް އިމާރާތްތަކަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު، އެ ތަންތަން ހުރީ މަރާމާތު ވެސް ނުކޮށް ކަމަށެވެ. އެހެންވެ، ކައުންސިލް އިމާރާތް އެޅުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް