Advertisement

ހެނދުނު ހޭލާ ގޮތަށް ނުކާންވީ ކޮން އެއްޗެއް؟

ހެނދުނު ހޭލާ ގޮތަށް ކޮންމެވެސް އެއްޗެއް ކާލުމަކީ އެންމެންގެ އާދައެކެވެ. އެކަމަކު ގިނަ މީހުން ހުސްބަނޑާ ހުރެ ކާންވީ ކޮން އެއްޗެއ އެނގޭއިރު ނުކާންވީ އެއްޗެއް ނޭނގެއެވެ.

ދުވާލު އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ކެއުން ކަމަށްވާ ހެނދުނުގެ ނާސްތާގައި ހިމަނާލަން ނުވާ ބައެއް ބާވަތްތައް ވެސް ހުރެއެވެ. އެއީ ހަށިގަނޑަށް ސިއްހީ ގޮތުން ފައިދާތަކެއް ލިބޭ ބާވަތްތައް ކަމުގައި ވިޔަސް ހުސްބަނޑާ ހުރެ އެ ބާވަތްތައް ކެއުމަކީ ސިއްހީ ގޮތުން ރަނގަޅު ގޮތެއް ނޫން ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

Advertisement

އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޝާރުދާ ހޮސްޕިޓަލުގެ ސީނިއަ ޑައިޓީޝަން ވާރްޝާ ޝަރުމާ ބުނެފައިވާ ގޮތުގައި ތިރީގައި ބަޔާންކޮށްފައި މިވާ ބާވަތްތަކަކީ ހުސްބަނޑާހުރެ ކެއުން އެހާ ރަނގަޅު ބާވަތްތަކެއް ނޫނެވެ. އޭގެތެރޭގައި:

– ހުތްކަން އެކުލެވޭ ނުވަތަ ސިޓްރަސް މޭވާ

ހުތްކަމެއް ހުންނަ ނުވަތަ ސިޓްރަސް މޭވާގެ ތެރޭގައި ހިމެނޭ އޮރެންޖު، ލުނބޯ އަދި ގްރޭޕްފުރުޓަކީ ވިޓަމިން ސީއިން މުއްސަނދި ބާވަތްތައް ކަމުގައި ވިޔަސް މިއީ ހުސްބަނޑާ ހުރެ ކެއުން ރައްކާތެރި ބާވަތްތަކެއް ނޫނެވެ.

ހުސްބަނޑާހުރެ މި ބާވަތްތައް ކެއުމުގެ ސަބަބުން ބަނޑުގެ މައްސަލަތައް ހުންނަ މީހުންނަށް ގޭސްޓްރިކް, މައްސަލަ ތަހައްމަލުކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. އޭގެ ބަދަލުގައި އާފަލެއް ނުވަތަ ދޮންކެޔޮ ކެއުމުގައި ހިމަނާލެވިދާނެއެވެ.

– ކުޅިކޮށް ހުންނަ ކެއުން ނުވަތަ ހަވާދުގެ ބާވަތްތައް އެކުލެވޭ ކެއުން

މިއީ ވެސް އޭގެ ޒާތުގައި ހަށިގަނޑަށް ފައިދާތަކެއް ލިބިދޭ ކެއުންތަކަކަށްވީ ނަމަވެސް ހެނދުނު ހެނދުނާ ހުސްބަނޑާ ހުރެ މި ބާވަތުގެ ކެއުންތައް ކެއުމުގެ ސަބަބުން ބަނޑުގައި ވައި ހެދި ބަނޑުގައި ރިއްސުންފަދަ ކަންކަން ތަހައްމަލު ކުރުމަކީ ވެދާނެކަމެކެވެ.

އޭގެ ބަދަލުގައި އޯޓްސް ހިމެނޭ ކެއުންތައް އަދި ހުތްކަމެއް ނެތް މޭވާއިން ތައްޔާރުކޮށްފައިވާ ސްމޫތީއެއް ހެނދުނުގެ ނާސްތާގައި ހިމަނާލެވިދާނެއެވެ.

– ފޮނި ކެއުންތަކާއި އަދި ހަކުރުގެ މާއްދާ އެކުލެވޭ ބުއިންތައް

ފޮނި ކެއުންތައް ކަމަށްވާ ޕޭސްޓްރީ އާއި މޭވާއިން ތައްޔާރުކޮށްފައިވާ ޖޫސް އަދި އެކި ކަހަލަ ސީރިއަލް ތަކަކީ ވަރަށް ‘ޑްރީމީ’ ނާސްތާއެއްގައި ފެންނަން ހުންނަ ބާވަތްތަކެވެ. ނަމަވެސް ހުސްބަނޑާހުރެ މި ބާވަތްތައް ބޭނުންކުރުމުން ހެނދުނު ހެނދުނާ ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށްގޮސް ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވައެވެ.

އޭގެ އަސަރު އެވަގުތު ނުފެނުނަސް އެކަމުގެ އަސަރު ދެނެގަނެވޭނީ މާފަހުންނެވެ.

– ނުކައްކާ ހުންނަ ތަރުކާރީގެ ބާވަތްތައް

ތަރުކާރީ އަކީ އެއިން ހަށިގަނޑަށް ގިނަ ގުނަ ސިއްހީ ފައިދާތަކެއް އެކި މިންވަރަށް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ހެނދުނު ހުސްބަނޑާ ހުރެ ތަރުކާރީ ކެއުމަކީ އެ ހަޖަމު ކުރުމުގައި ވެސް ވަގުތުތަކެއް ނަގާނެ ބާވަތްތަކަކަށް ވުމުން ކެރެޓް، ބްރޮކޮލީ އަދި ކެބެޖު ފަދަ ތަރުކާރީ ހުސްބަނޑާ ހުރެ ކެއުމުން ބަނޑުގައި ގޭސް ހެދި ބްލޯޓް ވުމަށް މަގުފަހިކުރުވައެވެ.

ހެނދުނު ހެނދުނާ ތަރުކާރީ ކާހިތްވެއްޖެނަމަ ބޭނުންވާ ތަރުކާރީ ސޫޕްއެއް ތައްޔާރުކޮށްގެން ބޭނުންކޮށްލެވިދާނެ ކަމަށް ސީނިއަ ޑައިޓީޝަން ވާރްޝާ ޝަރުމާ ވަނީ އިރުޝާދު ދީފައެވެ.

ހެނދުނު ހެނދުނާ ކޮފީ ބުއިމުގެ އާދަ ހަރުލާފައިވާނަމަ ކޮފީ ހިމެނޭހެން ކޮންމެވެސް ކަހަލަ ޕްރޮޓީންގެ މާއްދާ އެކުލެވޭ ބާވަތަކާ އެކު ކޮފީ ބޭނުންކޮށްލުން ރަނގަޅުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް