Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ފަސިންޖަރު ޓާމިނަލުން ބިއޯންޑްއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ލަގްޒަރީ އެއާލައިން “ބިއޯންޑް” އަށް ހިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މިއީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ފުރަތަމަ ލަގްޒަރީ އެއާލައިން ކަމަށްވާއިރު، މި ޓާމިނަލުން ހިދުމަތް ދޭން ފެށި ތިންވަނަ އެއާލައިނަކީ ވެސް މިއެވެ.

Advertisement

ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް

ބިއޯންޑްގެ ހިދުމަތް ފެށުން ފާހަގަކުރުމުގެ ގޮތުން ޓާމިނަލް 1 ގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް، ޢަލީ ޢާރިފްއެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ބޯޑު މެންބަރުންނާއި، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން ބިއޯންޑްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އަހުތަރު އަދި ބިއޯންޑްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ފަޔާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބިއޯންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލެވުނުއިރު، ބިއޯންޑް އިން ފުރި 43 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ބިއޯންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ޚާއްސަ ވޯޓާ ސެލިއުޓެއް އަރުވާފައިވެއެވެ. އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ދިވެހި ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ބިއޯންޑް އަކީ ރާއްޖޭގެ މަޝްހޫރު ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިނެކެވެ. މި އެއާލައިނަކީ ރާއްޖޭގެ ލަގްޒަރީ ޓޫރިޒަމް މާކެޓަށް ޚާއްސަކޮށް، އެންމެ މަތީ ފަންތީގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ އެއާލައިނެކެވެ.

ޓާމިނަލް 1 އިން މިހާރު ވަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ލޯ-ކޯސްޓް އެއާލައިން، އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށާފައެވެ. އެމް.އޭ.ސީ.އެލް އިން މަސައްކަތް ކުރަމުންދަނީ މި މަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް މި ޓާމިނަލަށް ބަދަލުކުރުމަށެވެ. އެމް.އޭ.ސީ.އެލްގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި