Advertisement

ކަރާ އަކީ އެންމެންނަށް ރައްކާތެރި އެއްޗެއް ހެއްޔެވެ؟

ވޯޓަރމެލޯން ނުވަތަ ކަރާ އަކީ ގިނަ ބަޔަކަށް ރައްކާތެރި އެއްޗެއް ނަމަވެސް ކަރާއިން އެލާޖިކް ޖެހިދާނެ މަދު އަދަދެއްގެ މީހުން ތިބޭކަން މިއީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ. އެލާޖީ ދިމާވެދާނެ ކްރޮސް ރިއެކްޓިވިޓީގެ ސަބަބުން ކަމަށާއި އެއީ ރެގްވީޑް ނުވަތަ ގްރާސް ޕޮލެން ފަދަ ވަކި ޕޮލެންތަކަށް އެލާޖިކްވާ މީހަކު ވޯޓަރމެލޯން އަށް ވެސް ރިއެކްޓް ކުރެވިދާނެ އެވެ.

ބައެއް އެލާޖިކް ރިއެކްޝަންތައް މަދު ވެދާނެ ނަމަވެސް ފުރާނައަށް ނުރައްކާވާ ވަރަށް ވެސް ވެދާނެތީ ނޭވާލާން އުނދަގޫވުމާއި، ވާހަކަ ދެއްކުމަށް އުނދަގޫވުމާއި، ބޯއެނބުރުން އަދި ހޭނެތިގެން ދިއުން ފަދަ ސީރިއަސް އެލާޖީއެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ކުއްލި ސިއްހީ ފަރުވާ ހޯދަން ޖެހެ އެވެ.

Advertisement

މުޅި ދުނިޔޭގައި ގާތްގަނޑަކަށް 1200 ވަރަކަށް ތަފާތު ވައްތަރުގެ ވޯޓަރމެލޯން ހުރެއެވެ.

ކަރާ ފަންޏަކީ ބަނޑުހިކުމުގެ މައްސަލަ ހައްލުކޮށްދޭ ބުއިމެކެވެ. ކަރާގައި ގިނަ އަދަދެއްގެ ފެން އެކުލެވިފައިވުމުގެ ސަބަބުން ފަސޭހައިން ބޮޑުކަމުދެވެއެވެ. އަދި ހަށިގަނޑުގައިވާ ބޭކާރުބައިތައް ބޭރުކޮށް ހަށިގަނޑު ސާފުކޮށްދިނުމަށްވެސް އެހީތެރިވެދެއެވެ.

ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ ކަރައަކީ އުމުރުން ދުވަސްވުމުން ލޮލަށް މެދުވެރިވާ ލޯހިކުން، ލޮލުގެ ޕްރެޝަރު މަތިވުން، އަދި ލޮލުގެ މައިނާރު ހަލާކުވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ މޭވާއެކެވެ.

މީގެއިތުރުން، ކަރާގައި ގިނަ އަދަދަކަށް ވިޓަމިން ބީގެ ބާވަތްތައް އެކުލެވިފައި ވާއިރު، ހަށިގަނޑުގައި ހަކަތަ އުފައްދައިދީ ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކޮފީ ބޯ ކުދިން ކޮބާ؟ ދުވާލެއްގެ މައްޗަށް ބުއިން ރަނގަޅީ ކިތައް ކޮފީކަން އިނގޭތަ؟

ރެސިޕީ: ތަންދޫރީ ޗިކަން ޕިއްޒާ

ރެސިޕީ: ޗޮކޮލެޓް މޫސް

ރެސިޕީ: ޗިކަން ޝަވަރުމާ މީރުކުދިންނަށް