Advertisement

ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޒުވާނުންގެ ޝުއޫރުތަކާއި ބޭނުންތައް އެކުލަވާލުމުގެ ގޮތުން ޤައުމީ ޒުވާނުންގެ ސާވޭ އެކުލަވާލުމަށް ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީއާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ފަހުމުނާމާއެއް ސޮއިކޮށްފިއެވެ.

Advertisement

މި ފަހުމުނާ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފަރާތުން ސޮއިކުރެއްވީ ނައިބު ރައީސް ނަޒާހާ ނަޒީމްއެވެ. އަދި ދިވެހިރާއްޖޭގެ އަސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ސެންޓަރ ފޯ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ ޑީން، ޑރ. އާމިނަތު ޝާފިޔާއެވެ.

މިއަދު ސޮއިކޮށްފައިވާ މި ފަހުމުގެ ދަށުން ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރި އުޅޭ ޒުވާނުންގެ ބަހާއި ޒުވާނުންނަށް އަސަރުކުރާ ހުރިހާ ދާއިރާތަކުން އެއްކޮށްފައިވާ މައުލޫމާތު ހިމެނޭގޮތަށް ޒުވާނުންގެ ދިރާސާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވެއެވެ.

މި ދިރާސާގެ މަސައްކަތަށް 1-2 މަސްދުވަސް ނަގާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ދިރާސާގެ ހޯދުންތަކުގެ އަލީގައި ދިވެހި ރާއްޖޭގެ ޒުވާނުންގެ ބޭނުންތަކާއި ތަޖުރިބާތައް ދެނެގަނެ، ޒުވާނުންގެ މަސްލަހަތު ކުރިއަރުވާ ޤައުމީ ސިޔާސަތެއް އެކުލެވާލެވި، ރައިސުލް ޖުމުހުރިއްޔާގެ އަރިހަށް އެރުވުމަށް ވަނީ ނިންމާފައިވެއެވެ.

މީގެއިތުރުން، މި ފަހުމުނާގެ ދަށުން ޒުވާނުންގެ މަޝްވަރާއާއި ބައިވެރިވުން ހުރިހާ ދާއިރާތަކުން ހިމެނޭގޮތަށް އެކުލެވިގެންވާ ޤައުމީ ޒުވާނުންގެ ކޮންފަރެންސެއްވެސް ބޭއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް